ކުޅުއްދުފުއްށީ ހޮސްޕިޓަލުގެ މަސައްކަތް ކުރިއަށްދާގޮތް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާ ހިއްސާކުރައްވައިފިއެވެ.
ތިލަދުންމައްޗަށް ކުރައްވާ ދަތުރުފުޅުގައި އިއްޔެ ރައީސް ވަނީ ކުޅުދުއްފުށީ ސިޓީއަށް ޒިޔާރަތް ކުރައްވާފައެވެ.
އެމްޓީސީސީން ބުނިގޮތުގައި ކުޅުދުއްފުށި ހޮސްޕިޓަލުގެ 65 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. މި މަޝްރޫއުގެ މަސައްކަތް ސެޕްޓެމްބަރުގެ ކުރިން ނިންމާލެވޭނެކަމަށް އެމްޓީސީސީން ލަފާ ކުރެއެވެ.
މި މަޝްރޫއުގެ ދަށުން ލެބޯޓްރީ އަކާއި ވާރޑް އިމާތާތެއް އެޅުމުގެ އިތުރުން އޯޕީޑީ ސަރަޙައްދު މަރާމާތު ކުރުމުގެ މަސައްކަތް ހިމެނެއެވެ.
މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 30.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މިއީ ކުޅުދުއްފުށީ ރީޖަނަލްހޮސްޕިޓަލް ޓަރޝިއަރީ ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތުގެ ތެރެއިން ކުރިއަށްގެންދާ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!