ހދ. ނެއްލައިދޫ ބަނދަރުގެ މަޝްރޫއު ކުރިއަށްދާގޮތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަމް އާޒިމްބައްލަވާލައްވައިފިއެވެ.
އެމްޓީސީސީން ބުނި ގޮތުގައި މި މަޝްރޫއުގެ 82 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ.
މިއީ 50.86 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
CEO @adamazim inspects the progress of Hdh. Nehlaidhoo Habor Project. #MTCCProjects pic.twitter.com/IBiaCrD8O3
— MTCC Plc (@MTCCPlc) July 16, 2021
މި މަޝްރޫއުގެ ދަށުން ބަނދަރު ފުންކުރުމާއި ބިން ހިއްކުމާއި، ބޭރުތޮށި ލުމާއި، އެއްގަމުތޮށި ލުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ރިވެޓްމެންޓް ޖެހުމާއި، ޕޭވްމަންޓް ހެދުމާއި، ނެރު ބައްތިއާއި މަގުމަތީ ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް އެމްޓީސީސީން ކުރާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!