އިއްޒުއްދީން ސްކޫލުގެ 4 ޓީޗަރަކު މާލޭގެ އެހެން ސްކޫލްތަކަށް ބަދަލުކުރުމަށް ނިންމާފައިވާ ނިންމުމާއި، ޖިންސީ ފުރައްސާރައިގެ މައްސަލައަކާއި ގުޅުމެއްނެތް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، އިއްޒުއްދީން ސްކޫލުގެ 4 ޓީޗަރަކު މާލޭގެ އެހެން ސްކޫލްތަކަށް ބަދަލުކުރުމަށް ނިންމާފައިވާކަން އެފަރާތްތަކަށް އިއްޔެ އަންގާފައިވަނީ 2021 ވަނަ އަހަރުގެ ކުރީކޮޅުގައި ޢިއްޒުއްދީން ސްކޫލްގެ 4 ލީޑިންގ ޓީޗަރުން އެއްފަހަރާ އިސްތިޢުފާ ދިނުމާ ގުޅިގެން ސްކޫލްގައި އުފެދުނު ނުތަނަވަސްކަން ޙައްލުކުރުމަށް ޕްރޮފެޝަނަލް މިންގަނޑުތަކާ އެއްގޮތަށް ހިންގުނު ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ރިވިއުއަށް ރިޢާޔަތްކޮށް ކަމަށެވެ.
އެ ރިވިއުއިން ސްކޫލު ހިންގުމުގައާއި ދޭދޭ ފެންތަކުގައި ދަރިވަރުންގެ ކިޔެވުމަށް އަސަރުކުރާނެ މައްސަލަތަކެއް ހުރިކަމަށް ފާހަގަވެފައިވާތީ، އެ މައްސަލަތައް ޙައްލުކުރުމަށް ކުރާނެ ކަންކަން ނިންމުމަށް އެކުލަވާލެވުނު ކޮމެޓީން، ދިމާވެފައިވާ މައްސަލަތައް ޙައްލު ކުރުމަށް ސްކޫލްގެ ބައެއް މަޤާމުތައް އާ ދިރާސީ އަހަރު ފެށޭއިރަށް ބަދަލުކުރުމަށް ލަފާދެއްވާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ފާހަގަ ކުރަށްވާފައި ވެއެވެ.
"މި 4 ޓީޗަރުން ބަދަލުކުރުމަށް ނިންމާފައިވާ ނިންމުމާ، މި މިނިސްޓްރީއަށް ހުށަހެޅިފައިވާ ޖިންސީ ފުރައްސާރައިގެ
އެއްވެސް މައްސަލައަކާ ގުޅުމެއް ނުވެއެވެ. މި މިނިސްޓްރީއަށް ހުށަހަޅާފައިވާ ޖިންސީ ފުރައްސާރައިގެ މައްސަލަތައް ވަރަށް ސީރިއަސްކަމާއެކު އަވަސް ފިޔަވަޅުތަކެއް އެޅުމަށް އަބަދުވެސް އިސްކަންދެވެއެވެ." އެ ޑިޔުކޭޝަނުން ވިދާޅުވެފަވެއެވެ.
މި މުދައްރިސުން ބަދަލުކުރުމާ ގުޅުވައި ޓީޗަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓޭމް) އާއި ޕަބްލިކް
އިންޓްރެސްޓް ލޯ ސެންޓަރުން ނެރެފައިވާ ނޫސްބަޔާންތަކުގައި ހަޤީގަތާ ޚިލާފަށް މައްސަލަ އޮޅޭ ގޮތަށް އެ މަޢުލޫމާތު ހިމަނާފައިވާތީ އެކަން އެ މިނިސްޓްރީން ކުއްވެރި ކުރާކަމަށް ވަނީ ވިދާޅުވެފަވެއެވެ.
https://thiladhun.wonstasite.com/68402
މިމައްސަލައާއި ގުޅިގެން ޓީޗާސް އެސޯސިއޭޝަނުން ނެރުނު ބަޔާން އެޑިޔުކޭޝަނުން ދޮގުކޮށްފައިވާއިރު، ޓީޗާސް އެސޯސިއޭސަންގެ ބަޔާނުގައި ވަނީ، އިއްޒުއްދީން ސްކޫލްގެ ޕްރިންސިޕަލް، އެ ޖަމްޢިއްޔާ މެންބަރުންކަމުގައިވާ، ހަ މުދައްރިސަކަށް، އެކިކަހަލަ ފުރައްސާރަކުރުމާއި، ބައެއް މުދައްރިސުންނަށް ޖިންސީ ފުރައްސާރަކުރުމުގެ ތުހުމަތާއި ގުޅިގެން، މިނިސްޓްރީ އޮފް އެޑިއުކޭޝަންއާއި ކަމާއި ބެހޭ ފަރާތްތަކަށް މައްސަލަ ހުށައެޅުމާއި ގުޅިގެން، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ހާއްސަ ކޮމިޓީއަކުން އެ މައްސަލަތައް ބަލައި، ޖިންސީ ފުރައްސާރައިގެ އަމަލު ސާބިތުވެފައި ވަނިކޮށް، އެ އަމަލު ހިންގި ޕްރިންސިޕަލަށް އެއްވެސް ފިޔަވަޅުއެޅުމެއްނެތި، އެފަރާތުގެ އެދުމުގެ މަތިން، ޕްރޮމޯޝަންއަކާއިއެކު އެހެން ސްކޫލްއަކަށް ބަދަލުކޮށްފައިވާ ކަމަށް ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!