ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް)އިން ރޭ ޕޮޒިޓިވްވި ފަރާތުގެ ޑައިރެކްޓް ކޮންޓެކްޓެއް ޕޮޒިޓިވް ވެއްޖެއެވެ.
އިއްޔެ ހަވީރު ފޯކައިދޫއިން ކޭއާރްއެޗްގެ އެމެޖެންސީ ރޫމް (އީއާރް)އަށް ގެންދިޔަ 61 އަހަރުގެ އަންހެނެއްގެ ކިބައިން ރޯގާގެ އަލާމާތްތައް ފެނި ނޭވާލާން އުނދަގޫވުމުން، ސާމްޕަލް ނަގާ ޓެސްޓް ހެދުމުން، އޭނާ ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.
އިއްޔެ ޕޮޒިޓިވްވި މި އަންހެންމީހާގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވުނު އާއިލާގެ 4 މެމްބަރެއްގެ ސާމްޕަލް މިއަދު ހެނދުނު ނަގައި ޓެސްޓްކުރުމުން، ޕޮޒިޓިވްވި އަންހެން މީހާގެ ފިރިމީހާ ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައިކަަމަށް ކޭއާރްއެޗްއިން ވިދާޅުވެއެވެ.
ޕޮޒިޓިވްވި ފިރިހެން މީހާ އަދި އާއިލާގެ މެމްބަރުން 14 ދުވަހުގެ ކަރަންޓީން ފުރިހަމަކުރަންޖެހޭނެކަމަށާއި، ޕޮޒިޓިވްވި މީހާ އެކަހެރިކޮށް އަދި ނެގެޓިވްވި ފަރާތްތައް ހިމެނޭގޮތަށް، މިވަގުތު އެންމެންވެސް ތިބީ ކޭ.ޕީ.އެލް އައިސޮލޭޝަން ފެސިލިޓީގާކަމަށް ކޭއާރްއެޗްއިން ހާމަކުރެއްވިއެވެ.
" ފޯކައިދޫ ސިއްޙީ މަރުކަޒުން ރެފަރ ކޮށްގެން އިއްޔެ ހަވީރު 1605 ގައި އީ.އާރު ގައި ފަރުވާ ދޭން ފެށުނު 61 އަހަރުގެ ފޯކައިދޫ އަންހެނެއްގެ ނޭވާ ކުރުވެ، ރޯގާގެ އަލާމާތްތައް ފެނުމުން ކޮވިޑްއަށް ޓެސްޓްކުރުމަށް ސާމްޕަލްނެގުނެވެ. އިއްޔެރޭ 22:30ހާއިރު ލިބުނު ސާމްޕަލްގެ ނަތީޖާ ކޮވިޑަށް ފައްސިވުމާއި ގުޅިގެން ބަލިމީހާ އެކަހެރިކޮށް ކޭ.ޕީ.އެލް އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކުރެވުނުވެ. "
ކޭއާރްއެޗް އިން އާންމުކުރި މީޑިއާ ބްރީފިންގައި ބުނެފައިވެއެވެ.
މީގެއިތުރުން، އާއިލާގެ މެމްބަރުންވެސް ވަނީ އެކަހެރިކޮށް އެ ފެސިލިޓީއަށް ބަދަލު ކުރެވިފާކަން ފާހަގަކުރަށްވާފައި ވެއެވެ.
ޕޮޒިޓިވްވި އަންހެންމީހާ ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ސީ. އެމްބިޔުލާންސްގައި ބ. އަތޮޅު ކޯވިޑް ފެސިލިޓީއަށް ބަދަލުކުރެވިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!