މި ޖުލައި މަހުގެ 28 ވާ ބުދަ ދުވަހާއި 29 ވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު 2 ދުވަސްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހަމަޖައްސަވައިފިއެވެ.

މިކަން އިޢުލާނު ކުރައްވާފައި ވަނީ ރައީސް އޮފީހުން މިއަދު ނެރުއްވި ދެންނެވުމެއްގައެވެ.

Ad
rt

އެ ދެންނެވުމުގައި ބުނީ ރައީސް މިގޮތަށް ހަމަޖައްސަވައިދެއްވާފައި ވަނީ އަޟްޙާ ޢީދާއި، މިނިވަން ދުވަހާ ގުޅިގެން ޗުއްޓީގައްޔާއި އަދި އެނޫން އެހެން ބޭނުންތަކުގައި ރަށުން ބޭރަށް ދާން ބޭނުންވާ މުވައްޒަފުންނަށް ދަތިތަކެއް ކުރިމަތިވެދާނެތީ، އެކަމަށް ލުޔެއް ދެއްވުމުގެ ގޮތުންނެވެ.

މީގެ އިތުރުން، ބަންދު ދުވަސްތައް މެދުކެނޑުމެއް ނައިސް މުވައްޒަފުންނަށް ޗުއްޓީ ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމުގެ ގޮތުންވެސް މި 2 ދުވަސް ބަންދުކުރުމުގެ ސަބަބުތަކު ތެރޭގައި ރައީސް ފާހަގަކުރެއްވެވިއެވެ.

އަދި މިގޮތަށް ހަމަޖެއްސެވުމުން، ބަންދު ދުވަސްތަކަށްފަހު ސަރުކާރުގެ އޮފީސްތައް ދެން ހުޅުވޭނީ، އަންނަ އޯގަސްޓް މަހުގެ 1 ވާ އާދީއްތަ ދުވަހުގާކަމަށްވެސް ސަރުކާރުން ހާމަކުރިއެވެ.