ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖެ އެތެރެވުމަށް ހުޅުވާލަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ.

އެގޮތުން، ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް އެޅޭ ފިޔަވަޅުތަކަށް ބަދަލުގެނައުމަށް އެޗްޕީއޭއިން އެންގި އެންގުމުގެ ދަށުން އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އެ ފަރާތްތަކަށް ރާއްޖެ ހުޅުވިގެން ދާނެކަމަށް އެޗްޕީއޭއިން ހާމަކުރެއްވިއެވެ.

Ad
rt

މިކަން މިގޮތަށް ނިންމި ކަމުގައި ވީނަމަވެސް، އެ އެޖެންސީން ވަކިގޮތެއް އަންގަންދެން ދެކުނު އޭޝިއާގެ ޤައުމުތަކުން އަންނަ ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ރަށްރަށާއި އެ ރަށްރަށުގައި ހުންނަ ގެސްޓް ހައުސްތަކަށް ޗެކްއިން ނުވެވޭނެކަމަށް އެޗްޕީއޭއިން ވަނީ ދަންނަވާފައެވެ.

މީގެ އިތުރުން، މާލޭގައި ފަތުރުވެރިން ފުރުމަށްޓަކައި ޓްރާންސިޓްކުރުމަށް މިނިސްޓްރީ އޮފް ޓުއަރިޒަމުން ކަނޑައަޅާ އުސޫލުގެ މަތިން އެ މިނިސްޓްރީން ކަނޑައަޅާފައިވާ ގެސްޓްހައުސްތަކުގައި ތިބޭ ތިބުން އިސްތިސްނާ ވާނެކަމަށްވެސް އެޗްޕީއޭއިން ފާހަގަކުރެއްވިއެވެ.

އަދި، ސައުތު އޭޝިއާގެ ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ގެސްޓްހައުސްތަކަށް ޗެކްއިން ކުރުމަށް ހުޅުވާލުމުގައި އަމަލުކުރާނެގޮތްތައް ކަނޑައަޅައި އެކަން މިހިނގައި ޖުލައި މަހުގެ 30 ވަނަ ދުވަހުގެ ކުރިން އަންގާނެ ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.