ހދ. ނޮޅިވަރަންފަރު ނެރުމައްޗަށް އުރުނު ދޯނި ފުންކޮށްފިއެވެ.
"އަލިސާފު" ނަމަކަށް ކިޔާ، 90 ފޫޓްގެ މުދާ އުފުލާ އެދޯނި އުރިފައި ވަނީ ނޮޅިވަރަންފަރު ކަނޑިންމައިން އެރަށު ބަނދަރަށް ވަންނަން އުޅުމުގެ ތެރޭގައެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނޮޅިވަރަންފަރު ނެރު މަށްޗަށް އުރުނު ދޯނި ފުންކުރެވުނީ މިއަދު 12:55 ހާއިރު ކަމަށެވެ.
އަދި މިއަދު 15:25 ހާއިރު ދޯނީގެ ބަންޑުފިލައިން ދިޔަވަމުން ދިޔަ ތަން އެމްއެންޑީއެފް ނޮދާން އޭރިއާ ކޯސްޓްގާރޑު "ސްކުއަޑްރޮން" ގެ ޑައިވަރުންގެ އެހީތެރި ކަމާއެކު ބައްދަދެވިފައިވާކަމަށްވެސް ހާމަކުރިއެވެ.
މީގެއިތުރުން، ނޮޅިވަރަންފަރު ކައުންސިލުން މިއަދު ކުރެއްވި ޕޯސްޓެއްގައި ވަނީ އެރަށުުގެ ބަނދަރު އިރުމަތީ ފައިކަށި ކައިރިއަށް ފަރަށްއެރި "އަލިސާފު" ދޯނި، ރަށުގެ ގިނަބައެއްގެ އެހީތެރިކަން ލިބުނުކަން ފާހަގަކޮށް މިފަދަ ބޮޑެތި ހާދިސާ ތަކުގައި ޢާއްމު ރައްޔިތުންގެ ފަރާތުން ދެއްވާ އެއްބާރުލުމަށް ޝުކުރު ދަންނަވާފައެވެ.
ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް އަބްދުﷲ ނަދީމް "ތިލަދުން" އަށް ވިދާޅުވީ، އެ ދޯނި ފުން ކުރުމުގައި ބޮޑަށް ހަރަކާތް ތެރިވީ ރަށުގެ ރައްޔިތުންކަމަށެވެ. އަދި ސިފައިންނާއި، ދޯނީގެ ވެރިފަރާތުން ކުޅުދުއްފުށިން ގެނައި ދޯންޏެއްގެ އެހީތެރިކަމުގެ އިތުރުން، ކޮޅުވެއްޓިއެއްގެ އެހީވެސް ލިބުނު ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ދޯނިން ގެނައީ ރަށުގެ ވިޔަފާރިވެރިއެއްގެ މުދާ ކަމަށާއި އޭގައި ހުންނަނީ ހަމައެކަނި ލަކުޑި ކަމަށްވެސް ނަދީމް ވިދާޅުވިއެވެ. މި ލަކުޑިތަކައް އެއްވެސް ގެއްލުމެއް ނުލިބޭކަމަށާއި އެ އެއެއްޗެހި އެއްގަމު ކުރެވިފާވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
#Update: H.Dh Nolhivaranfaru neru mahchah urunu "Alisaafu" dhoani maidhu 12:55 haaru funkoffi, adhi 15:25 haairu dhoaneege bandufilain dhiyavamun dhiya than MNDF Northern Area Coast Guard Squadron ge diverun ge eheetheri kamaaeku vany bahdhadheefa. pic.twitter.com/tP7ssUmwed
— Maldives National Defence Force (@MNDF_Official) July 6, 2021
މި ހާދިސާއާއި ގުޅިގެން ސިފައިން ވިދާޅުވި ގޮތުގައި އެ ދޯނި އުރުނުކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބުނީ މިމަހުގެ 4 ވަނަ ދުވަހުގެ ރޭ 20:51 ހާއިރުއެވެ.
އެ ދޯނި އުރުން އިރު އޭގައި ތިބީ 3 މީހުންނެވެ. މި މީހުންނަށް އެއްވެސް ގެއްލުމެއް ލިބިފައެވެ ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!