"ޔޫރޯ 2020" މުބާރާތް ބެލުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ޕްރޮޖެކްޓަރ ދޫކުރަން ފަށައިފި އެވެ.

"ޔޫރޯ 2020" މުބާރާތް ބެލުމަށް ކުލަބު ޖަމްޢިއްޔާތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓަރ ދޫކުރުމަށް އެނިސްޓްރީން ކަނޑައަޅާފައިވާ އުޞޫލުގެ ދަށުން ޕްރޮޖެކްޓަރ ލިބޭ ކުލަބު ޖަމްޢިއްޔާތަކުގެ ލިސްޓް ވަނީ މިހާރު އިޢުލާން ކޮށްފަ އެވެ.

Ad
rt

އެލިސްޓްގައި 194 ކުލަބު ޖަމްޢިއްޔާާއަކަށް ޕްރޮޖެކްޓް ލިބޭނެކަމަ ބުނެފައިވެއެވެ. އެގޮތުން ހއ. އަތޮޅުގެ 14 ކުލަބު ޖަމްޢިއްޔާއަކާއި ހދ. އަތޮޅުގެ 12 އަދި ށ. އަތޮޅުގެ 13 ޖަމިއްޔާ އަދި ކުލަބު ހިމެނިފައިވެއެވެ.

އެމިނިސްޓްރީއިން ކުރި އިޢުލާނުގައި ބުނެފައިވަނީ، ޕްރޮޖެކްޓަރ ދޫކުރުން މަޑުޖައްސާލެވިފައިވަނީ ކޮވިޑުގެ ޙާލަތަށް ރިޢާޔަތްކޮށްކަމަށެވެ.

ނަމަވެސް، ކޮވިޑްގެ ޙާލަތު މިވަގުތު ރަގަޅުވަމުން އަންނަކަން ފާހަގަކުރެވިފައިވާތީ، 1 ޖުލައި 2021 ވަނަ ދުވަހުން ފެށިގެން، ހޮވިފައިވާ ކުލަބު ޖަމްޢިއްޔާތަކަށް ފްރޮޖެކްޓަރ ދޫކުރުމަށް ހަމަޖެހިފައިވާކަމަށް ބުނެފައިވެއެވެ.

ޕްރޮޖެކްޓަރ ދޫކުރުމަށް ހަމަޖެހިފައިވާ ތާރީޚާއި ގަޑި، ހޮވިފައިވާ ކުލަބު ޖަމްޢިއްޔާތަކަށް އަންގާނެ ވާހަކަ ދަންނަވާފައިވެއެވެ.