ހދ.ހަނިމާދޫއިން އަނެއްކާ ވެސް 6 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ހަނިމާދޫ ސިއްހީ މަރުކަޒުން ވިދާޅުވީ، މިމަހުގެ 22 ދުވަހު ނެގުނު 121 ސާމްޕަލްގެ ތެރެއިން ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ނެގުނު 6 ސާމްޕަލެއް ކޯވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިހާރު ހަނިމާދޫގައި މި ބަލި ޖެހިފައި ތިބި މީހުންގެ ޖުމްލަ އަދަދަކީ 56 އެވެ.

Ad
rt

ބަލީގެ އަލާމާތް ހުރެގެން ހަނިމާދޫ ސިއްހީ މަރުކަޒުގެ ފުލޫ ކުލިނިކަށް ދެއްކި ދެބެއިން ކޯވިޑަށް ޕޮޒިޓިވްވީކަން އެނގިފައި ވަނީ މިމަހުގެ 9 ވަނަ ދުވަހުއެވެ. ސިއްހީ މަރުކަޒުން ވިދާޅުވި ގޮތުގައި އެ ދެބެން މިހާރު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މީގެ އިތުރުން މި މަހުގެ 10 ވަނަ ދުވަހު ޕޮޒިޓިވް ވީ ދެ މީހުން ވެސް މިހާރު ވަނީ ބަލިން ރަނގަޅުވެފައެވެ.

ބަލީގެ އަލާމާތް ހުރެގެން ހަނިމާދޫ ސިއްހީ މަރުކަޒުގެ ފުލޫ ކުލިނިކަށް ދެއްކި ދެބެއިން މި މަހުގެ ނުވަވަނަ ދުވަހު ކޯވިޑަށް ޕޮޒިޓިވްވުމުން އެދުވަހު ހަނިމާދޫ މޮނިޓަރިންއަށް ލީގޮތަށް އަދިވެސް އެ ރަށް އޮތީ މޮނިޓަރިންގައެވެ.