ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ކާފިއު ހިންގާފައިވާ ގްރޭޓަރ މާލެ ސަރައްދުގައި ހިންގާފައިވާ ކާފިއުގެ ވަގުތު ކުޑަކޮށްފިއެވެ.
މިހާރު މާލޭ ސަރަހައްދުގައި ކާފިއު ހިންގާފައި ވަނީ ހަވީރު 4:00 ން ފެށިގެން ފަތިހު 4:00 އާ ހަމައަށެވެ.
އެޗްއީއޯސީގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒް ވިދާޅުވީ މާދަމާއިން ފެށިގެން މާލޭ ސަރަހައްދުގެ ކާފިއު ވަގުތަކީ، ހަވީރު 6 އިން ފަތިހު 4 އަށް ކަމަށެވެ.
މީގެ އިތުރުން ފަތިހު 5:00 އިން އިރުއޮއްސި 6:00 އާ ހަމައަށް ޖިމްތައް ހުޅުވަން ހުއްދަ ދޭން ވެސް ވަނީ ނިންމައިފަ އެވެ. އެގޮތުން، ހުއްދަ ދެވޭނީ ސެލޫންތަކެކޭ އެއް ފަދައިން އެޗްޕީއޭގެ އުސޫލުތަކާއެއްގޮތަށް އެތަންތަން އޮޕަރޭޓް ކުރާނެގޮތް ހުށަހެޅުމުން ކަމަށް މަބްރޫކު ވިދާޅުވި އެވެ.
ކާފިއު ހިންގާ ވަގުތު ކުޑަކުރި ނަމަވެސް، ކާފިއު ނޫން ވަގުތުތަކުގައި އަދިވެސް ބޭރަށް ނުކުމެވޭނީ މިހާރުވެސް ހަމަޖައްސާފައިވާ ގޮތަށް ފާސް އޮންނަ ފަރާތްތަކަށް އެކަންޏެވެ.
މާލެ ސަރަހައްދުގެ ކާފިއު ވަގުތު ކުޑަކޮށް، ޖިމްތައް ހުޅުވަން ހުއްދަ ދިންއިރު ރާއްޖޭގެ ކޯވިޑަށް ޕޮޒިޓިވްވާ ނަންބަރު އަންނަނީ ދަށް ވަމުންނެވެ. މިގޮތުން މިއަދު ރާއްޖެއިން ޕޮޒިޓިވްވެފައި ވަނީ 145 މީހެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!