ހއ. މާރަންދޫ ގައި ރޯޑުވާދިނަސް ހެއްދޭ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް އެރަށު ކައުންސިލުން ފަށައިފިއެވެ.

އެރަށު ކައުންސިލުން މިއަދު ވިދާޅުވި ގޮތުގައި އެ ރަށަށް ރަޖިސްޓްރީ ކޮށްފައިވާ އެއްގަމު އުޅަނދުފަހަރުގެ ރޯޑްވާދިނަސް ހެއްދުމަށް އެރަށުގެ 1 ސެންޓަރަށް ރޯޑުވާދިނަސް ހެއްދުމުގެ ހުއްދަ ދިނުމަށް އެ ކައުންސިލުން ބޭނުންވެއެވެ.

Ad
rt

އެގޮތުން، މާރަންދޫން އެއްގަމު އުޅަނދުތަކުގެ ރޯޑުވާދިނަސް ހެއްދުމަށް ބޭނުންވާ ގަރާޖުތަކުން އަންނަ މަހުގެ 1 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެކުރިން ސިޓީއަކުން އެ ކައުންސިލަށް ހުށަހެޅުއްވުން ވަނީ އެދިލައްވާފައެވެ.

ސިޓީއާއިއެކު ގަރާޖް ހިންގުމުގެ ހުއްދަ އާއި ވެރިފަރާތުގެ އައިޑީކާޑްގެ ކޮޕީވެސް ބޭނުންވާ ކަން ވަނީ ފާހަގަކޮށްފައެވެ.

މިކަމާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން އެއިދާރާގެ ނަންބަރު 6500029 އަށް ގުޅުއްވުމަށް ވަނީ އެދިލައްށްވާފައެވެ.