ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން، ށ. ގޮއިދޫ މޮނިޓަރިން އުވާލައިފި އެވެ.
ގޮއިދޫ މޮނިޓަރިން ހާލަތުން ވީއްލާފައި މިވަނީ އެރަށް މޮނިޓަރިން ހާލަތަށް ގެނައިތާ 1 މަސްދުވަހަށް ވުރެ ގިނަދުވަސް ފަހުންނެވެ.
އެރަށް މޮނިޓަރިން ހާލަތަށް ގެނައީ ހުސްވި މެއި މަހުގެ 11 ވަނަ ދުވަހުއެވެ. އެ ހާލަތުން ވީއްލީ މިރޭގެ 22:28 އިން ފެށިގެންނެވެ.
ގޮއިދޫ މޮނިޓަރިން ހާލަތަށް ގެނައީ މިދިޔަ މަހުގެ 9 ވަނަ ދުވަހު އެރަށުން ނެގުނު ރެންޑަމް ސާމްޕަލްތަކުން ބައެއް ސާމްޕަލްތައް ޕޮޒިޓިވްވުމުންނެވެ.
އެޗްޕީއޭއިން ގޮއިދޫ ކައުންސިލަށް ފޮނުވި ލިއުމުގައި ބުނެފައިވަނީ، ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ޤާނޫނު ނަންބަރު 7/2012 (ޢާއްމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން، މޮނިޓަރިންގ ހާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް މިވަގުތު ނެތްކަމަށެވެ.
އެރަށުކައުންސިލުން ހާމަކުރެއްވި ގޮތުގައި، މޮނިޓަރިންގެ ހާލަތުގައި އޮތްއޮތުން ވީއްލި ނަަމަވެސް ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް މި ވަގުތު އަދި ދަތުރު ކުރެވޭނީ ކައުންސިލްގެ ހުއްދައާއި އެކު ހަމައެކަނި ޒަރޫރީ ބޭނުމަށް އެކަންޔެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!