އުރީދޫ މޯލްޑިވްސް އާއި ޒުވާން މަސްވެރިޔާ ގުޅިގެން އިހަވަންދޫ މަސްވެރިންނަށް ހަދިޔާ ބަހަން ފަށައިފިއެވެ.

މިއީއެރަށު މަސްވެރި އިހަވަންދޫ އާއި ގުޅިގެން ހިންގާ ހަރަކާތެކެވެ.

Ad
rt

މަސްވެރި އިހަވަންދޫން ބުނީ ހަދިޔާގެ ގޮތުގައި ބަހާފައިވަނީ ޓީޝާޓާއި ޕެންޑްރައިވް ކަމަށެވެ. އެގޮތުން، ބައެއް މަސްވެރިންނަށް 32 ޖީބީގެ ޕެންޑްރައިވް އާއި ޓީޝާޓް ބަހާފައިވާކަމަށެވެ.

އެ ޖަމިއްޔާއިން ބުނީ އެ ޖަމިއްޔާގެ އަމާޒަކީ މަސްވެރިކަން ކުރާ ޒުވާނުންނަށް ހިތްވަރުދީ އެބޭފުޅުންނާއެކު މިކަމުގައި ސާބިތުވެ ކުރިއަށްދިއުން ކަމަށެވެ.

އުރީދޫން އަންނަނީ ދިވެހި މަސްވެރިންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން، އެ ކުންފުނީގެ ބްރޭންޑް އެމްބެސެޑަރަކަށްވެސް މަސްވެރިޔަކު ވަނީ ހަމަޖައްސަވައިފައެވެ. އެއީ ދިވެހިންގެ މެދުގައި މަގުބޫލު “ޒުވާން މަސްވެރިޔާ”އެވެ.

އުރީދޫން ވަނީ މަސްވެރިންނަށް ތަފާތު ޕްރޮޑަކްޓުތައް ވެސް ތައާރަފުކޮށްފައެވެ. މީގެ ތެރޭގައި 2015 ވަނަ އަހަރު އެ ކުންފުނިން ވަނީ މަސްވެރިންނަށް ހެޔޮ އަގުގައިސެޓްލައިޓް ފޯން ޕެކޭޖުތައް ތައާރަފުކޮށް ސެޓްލައިޓް ކަނެކްޓިވިޓީގެ ހިދުމަތް ރާއްޖެއަށް ތައާރަފުކޮށްފައެވެ.

މީގެ އިތުރުން 2016ވަނަ އަހަރު އެ ކުންފުނިން ވަނީ އުޅަނދުތައް ޖީޕީއެސް ޓްރެކް ކުރެވޭގޮތަށް “އުރީދޫ ލޮކޭޓް” ވެސް ތައްޔާރުކޮށްފައެވެ. އަދި މަސްވެރިން އެކަކުއަނެކަކަށް ހިލޭ ގުޅޭނެ އިންތިޒާމްވެސް އުރީދޫން ހަމަޖެއްސިއެވެ.