މިނިސްޓްރީ އޮފް ޓޫރިޒަމްއިން ސަރުކާރުގެ ސްޓްރެޓެޖިކް ޕްލޭންގައި އެކުލަވާލާފައިވާ ޓޫރިޒަމް ސިނާއަތުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމަނާފައިވާ "ޓޫރިޒަމް ޑައިވާސިފިކޭޝަން އެންޑް ލޯކަލައިޒޭޝަން" ޕްރޮޖެޓްގެ ދަށުން ރަށްރަށުގައި ލޯކަލް ޓޫރިޒަމް ފުޅާކުރުމާއި ބެހޭގޮތުން ޓޫރިޒަމް މިނިސްޓްރީއިން ހދ. އަތޮޅާއި ށ. އަތޮޅު ރަށްރަށު ކައުންސިލު ރައީސުންނާއި ބައްދަލުކުރައްވައިފިއެވެ.
މިބައްދަލުވުމުގައި ހދ. އަދި ށ. އަތޮޅުގެ މަޖިލިސް މެމްބަރުންނާއި އަތޮޅު ކައުންސިލް ރައީސުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ މިނިސްޓަރގެ އިތުރުން މިނިސްޓްރީގެ އެކްސްކޮމް މެމްބަރުންނާއި ޓޫރިޒަމް ޑައިވާސިފިކޭޝަން އެންޑް ލޯކަލައިޒޭޝަން ޕްރޮޖެކްޓްގެ މުވައްޒަފުންނެވެ.
މި ބައްދަލުވުމުގައި، މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، ފަތުރުވެރިކަމުން ރައްޔިތުންނަށް ސީދާ ގޮތުންނާއި ނުސީދާގޮތުން ފައިދާ ހޯދައިދިނުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކައުންސިލްތަކާ ގުޅިގެން ކުރައްވާނެކަމުގެ ޔަގީންކަން ކައުންސިލްތަކަށް ދެއްވަމުން، ރަށުގައި ފަތުރުވެރިކަން ކުރިއަރުވާ ހިންގުމަށްޓަކައި ކައުންސިލްތަކަށް ބޭނުންވާ ފަންނީ އެހީ މިނިސްޓްރީއިން ފޯރުކޮށްދޭނެ ވާހަކަ ވިދާޅުވިއެވެ.
މިނިސްޓަރުގެ ވާހަކަފުޅަށް ފަހު، ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ ރައްޒާން އަދި ޑިރެކްޓަރ ޝިނާން ވަނީ ބައްދަލުވުމުގެ ބައިވެރިންނަށް ޕްރެޒެންޓޭޝަނެއް ހުށައަޅާފައެވެ.
އެ ދެބޭފުޅުންގެ ވާހަކައިގައި އަލިއަޅުވާލައްވާފައިވަނީ ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގައި ފަތުރުވެރިކަމުގެ ސިނާއަތަށް ކަނޑައަޅާފައިވާ 6 ސިޔާސަތުގެ ދަށުން ކައުންސިލްތަކާއި ގުޅުންހުރި އެކިއެކި ފަތުރުވެރިކަމުގެ ހަރަކާތްތަކުގެ މައުލޫމާތާއި އަދި ޓޫރިޒަމްއާއި ބެހޭ ގާނޫނާއި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީކުރުމުގެ ގާނޫނަށް ގެނެވުނު އިސްލާޙްތަކާއެކު ފަތުރުވެރިކަމާ ގުޅޭ މަސައްކަތްތަކުގައި މިނިސްޓްރީއާއި ކައުންސިލްތަކާއި ގުޅިގެން ކުރެވޭނޭ މަސައްކަތްތަކާއި އަދި މީގެ އިތުރުން ސީދާ ކައުންސިލްތަކުން ކުރާނެ މަސައްކަތްތަކުގެ ތެރެއިން ވަކިން ހާއްސަކޮށް މީހުން ދިރުއުޅޭ ރަށްރަށުގައި ފަތުރުވެރިކަމުގެ ބޭނުމަށް ދޫކުރެވޭ ބިންބިމުގެ ބީލަމުގެ މަސައްކަތްތަކަށެވެ.
Excom Members & Tourism Diversification & Localisation Unit of @MoTmv meet with Members of H.Dh. Atoll Council, Kulhudhuffushi City Mayor & Members of Parliament from constituencies in the Atoll to discuss local island tourism development & #Maldives tourism diversification. pic.twitter.com/T3Qb20DKZ4
— Ministry of Tourism (@MoTmv) June 5, 2021
އިއްޔެ ދެ ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށްދިޔަ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންނާއި ރަށު ކައުންސިލުތަކުގެ ރައީސުން ވަނީ އެބޭފުޅުންގެ ހިޔާލު މިނިސްޓަރާއި ހިއްސާކުރައްވާފައެވެ.
ބައްދަލުވުން ނިންމާލަމުން މިނިސްޓަރ ވަނީ، ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވައި ރަށްރަށުގެ ރައްޔިތުންނަށް ފަތުރުވެރިކަމުން މަންފާ ހޯދައިދިނުމަށްޓަކައި ކައުންސިލުތަކާއި ގުޅިގެން ވަރަށް ގާތުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ފަތުރުވެރިކަމުގެ ހަބެއްގެ ގޮތުގައި ބޮޑު ތިލަދުންމަތި ތަރައްގީވެގެން އަންނާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވިއެވެ.
Tourism Diversification & Localisation Unit and Excom of @MoTmv hold scoping meeting with Members of Shaviyani Atoll Council and Members of Parliament from constituencies in the Atoll on #Maldives local island tourism development and diversification. pic.twitter.com/KthCZnWnRG
— Ministry of Tourism (@MoTmv) June 5, 2021
ޓޫރިޒަމް ޑައިވާސިފިކޭޝަން އެންޑް ލޯކަލައިޒޭޝަން ޕްރޮޖެކްޓުގެ މަސައްކަތް ކުރިއަށްގެންދިޔުމަށްޓަކައި މިނިސްޓްރީއިން ވަނީ މިކަމަށްހާއްސަކޮށް "ޓޫރިޒަމް ޑައިވާސިފިކޭޝަން އެންޑް ލޯކަލައިޒޭޝަން" ޔުނިޓެއް ގާއިމުކޮށްފައެވެ.
މި ޔުނިޓުން މިހާރު ވަނީ ކޮންމެ އަތޮޅަކަށް ހާއްސަކޮށްގެން، ލޯކަލް ލޯކަލް ޓޫރިޒަމް ފުޅާ ކުރުމާބެހޭގޮތުން ސިލްސިލާ ބައްދަލުވުންތަކެއް ފަށާފައެވެ. މިގޮތުން 02 ޖޫން 2021 ގައި، ހދ. އަތޮޅު ކައުންސިލާއި އެކު ބާއްވާފައިވަނީ މި ސިލްސިލާގެ ފުރަތަމަ ބައްދަލުވުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!