ކުޅުދުއްފުށީ ޒުވާނުން ނަށް ހާއްސަ ކޮއްގެން ޕްލާސްޓިކް މަދު ކުރުމަށް ހޭލުންތެރި ކުރުމުގެ އިވެންޓެއް ހިންގައިފިއެވެ.
ތިމާވެށީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުޅުދުއްފުށީގައި ކުޅުދުއްފުށީ ކޮމިއުނިޓީ ސެންޓަރ އިސްނަގައިގެން ޕާލޭ މޯލްޑިވްސް އާ ގުޅިގެން ހިންގި މި އިވެންޓްގެ މަޤްސަދަކީ މިއަދުގެ ޒުވާން ޖީލް ތިމާވެއްޓަށް ލޯބި އިތުރު ކުރުވައި އާއްމު ދިރިއުޅުމުގައި ރައްކާތެރި ގޮތެއްގައި ޕްލާސްޓިކް ނައްތާލުމަށް ކުރެވިދާނެ ކަންތައްތަކަށް ހޭލުންތެރި ކުރެވުމެވެ.
ރޭ 9:00 ގައި ކުރިއަށް ގެންގޮސްފައިވާ މި އިވެންޓްގައި ޒުވާނުންނަށް މައުލޫމާތު ފޯރު ކޮށްދީފައި ވަނީ ޕްލޭ މޯލްޑިވްސް ގެ ޗީޕް އެގްޒެކިއުޓިވް ޑިރެކްޓަރ ޝާހީނާ އަލީ އެވެ.
ޒުވާނުން ހޭލުންތެރި ކުރުމުގެ އެކިއެކި ޕްރޮގްރާމްތައް ހިންގުމުގައި ސަރުކާރުގެ އެކި އިދާރާތަކުގެ އެއްބާރުލުން ބޭނުންވާ ކަމަށްވަނީ ހާމަކޮށް ފައވެެ.
ކުޅުދުއްފުށީ ޒުވާނުންނަށް ހާއްސަ މިފަދަ އިތުރު ޕްރޮގްރާމްތަކެއް ހިންގުމަށާއި އަމަލީ ގޮތުން މިފަދަ ކަންކަމުގައި މީހުން ހޭލުންތެރިކުރުވައި މިފަދަ އިތުރު ޕޮރޮގްރާމް ތަކެއ ްްރާވާ ހިންގުމަށް ކުޅުދުއްފުށީ ޒުވާނުން ވަނީ ޝުއޫރު ފާޅު ކޮއްފައެވެ.
Kulhudhuffushi Community Centre conducts a session on Plastic Awareness hosted by executive director @parleyforoceans Shaahina Ali to mark The World Environment Day. pic.twitter.com/3f8vY7JRJd
— Ministry of Youth,Sports and Community Empowerment (@MoYSCEmv) June 5, 2021
ޕްލާސްޓިކް މަދުކުރުމަށް ހޭލުންތެރި ކުރުވި މި އިވެންޓް ނިންމާލީ މި އިވެންޓް ގައި ބައިވެރިވި ކޮންމެ ބައިވެރިއަކަށް ބިއްލޫރި ފުޅި އެއް ހަދިޔާކޮށް ޕްލާސްޓިކް މަދުކުރުގެ މިސާލު ދައްކަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!