ށ. ގޮއިދޫ މަސްޖިދުލް ރިލުވާންގެ ޓަވަރު ވެއްޓުމުން އެ ޓަވަރުގައި ހުރި ސްޕީކަރު ވަގުތީގޮތުން އުރީދޫ ޓަވަރަށް ބަދަލުކޮށްފިއެވެ.
ރިލްވާން މިސްކިތުގެ ޓަވަރު ވެއްޓުނީ މޫސުން ގޯސްވެ ވައިގަދަވުމުގެ ސަބަބުންނެވެ.
އުރީދޫގެ ޓީމުން ވަނީ ވަގުތުން މިސްކިތުގެ ސްޕީކަރު އެ ކުންފުނީގެ ޓަވަރަށް ބަދަލުކޮށް ބަންގިގޮވޭ ގޮތް ހަދައިދީފައެވެ.
އުރީދޫން ވަނީ ގޮއިދޫގެ އެ ކުންފުނީގެ ޓީމުގެ މަސައްކަތަށް ތައުރީފުކޮށް އެ ޓީމަށް ޝުކުރު އަދާކޮށްފައެވެ.
Kudos to our field team for their quick response to move the speaker from Masjidul Rilwan in Sh.Goidhoo to the Ooredoo tower in the island, as the mosque's tower was damaged due to bad weather. @GoidhooCouncil pic.twitter.com/3dWr8MSEVt
— Ooredoo Maldives (@OoredooMaldives) June 5, 2021
އުރީދޫ ޓަވަރުގައި މިސްކިތުގެ ސްޕީކަރު ހަރުކޮށްފައިވަނީ ވަގުތީ ގޮތުންނެވެ. އެހެންކަމުން މިސްކިތުގެ ޓަވަރު މަރާމާތުކޮށް ނިމުމުން އެ ސްޕީކަރު އަލުން މިސްކިތުގެޓަވަރަށް ބަދަލު ކުރާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!