ށ. ފުނަދޫގައި ޖެޓްސްކީ އެއްގައި ޖަހައިގެން ފަންބެޑް ދުއްވަނިކޮން ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ އެވެ.
ށ. ފުނަދޫ ކައުންސިލްގެ ރައީސް އަޙްމަދު އިބްރާޙިމްފުޅު ތިލަދުން އަށް މަޢުލޫމާތު ދެމުން ވިދާޅުވީ އެރަށުގައި އެފަދަ ހާދިސާއެއް ހިގާފައިވާކަމަށެވެ.
މިއަދު އެހާދިސާ ހިނގާފައިވަނީ މިއަދު 16:00 ހާއިރު ފުނަދޫ ދަށްފަޅުގައި ދުއްވި މޫދު ކުރިވަރުކުޅުމުގެ ތެރޭގައި ހިނގި އެކްސިޑެންޓެއްގައިކަމަށް ރައީސް ވިދާޅުވި އެވެ.
ޖެޓްސްކީގައި ކަފަޖަހައިގެން ދުއްވި ފަންބެޑްގައި އެވަގުތު ދެކުދިން ތިބިކަމަށާއި ނިޔާވީ އުމުރުން 22 އަހަރުގެ ކުއްޖެއްކަަމަށް މަޢުލޫމާތު ދެއްވި އެވެ. އަދި ފަންބެޑްގައި ދެން އިން ކުއްޖާ އެކަން ހިނގި ވަގުތ ުމޫދަށް ވެއްޓިފައިވާކަމަށާއި އެކުއްޖާއަށް އަނިޔާއެއް ވެފައިނުވާކަމަށް މަޢުލޫމާތު ދެއްވި އެވެ.
ފުލުހުން ވިދާޅުވީ އެ ޒުވާނާ ނިޔާވެފައިވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާކަމަށެވެ.
މި ހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!