ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި ހުރި ސާފު ނުކުރާ ފަޅު ގޯތިތައް ސާފުކުރުމަށް އަންގައިފި އެވެ.

ދިއްދޫ ކައުންސިލް އިދާރާއިން މިއެންގުން އަންގާފައިވަނީ އިއްޔެ ނެރުނު އިޢުލާނެއްގައެވެ.

Ad
rt

މި އިޢުލާނުގައި ބުނެފައިވަނީ، ދިއްދޫއަކީ ދިވެހިރާއްޖޭގެ ނިސްބަތުން ފާހަގަކުރެވޭ ފަދަ ސާފުތާހިރު އަދި ރީތި ރަށެއްގެ ގޮތުގައި ހެދުމަކީ ހަމަ ކޮންމެ ރައްޔިތެއްގެ އިތުރުން އެ ކައުންސިލުންވެސް ނުހަނު ބޮޑު
އިސްކަމެއްދޭ ކަމެއްކަމަށެވެ.

އެގޮތުން ދިއްދޫގައި ހުރި ސާފު ނުކުރާ ފަޅުގޯތިތަކުގައި ވިނަހެދި ގިނައަދަދަކަށް ކުނި ޖަމާވުމުގެ ސަބަބުން އެފަދަ ސަރަޙައްދުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ޞިއްޙީގޮތުން ގިނަގުނަ ދަތިތަކާއި ކުރިމަތިލާން
ޖެހި އުނދަގޫތައް ތަޙައްމަލު ކުރަމުން އަންނަކަން އެ އިދާރާއަށް ފާހަގަކުރެވިފައިވާކަމަށް އެއިޢުލާނުގައި ބުނެފައިވެއެވެ.

އެހެންކަމުން އެރަށުގައި ހުރި ސާފު ނުކުރާ ފަޅުގޯތިތައް 14 ޖޫން 2021 ވާ ހޯމަދުވަހުގެ ކުރިން ސާފުކުރުމަށް އެ ގޯތިތަކުގެ ވެރިފަރާތްތަކަށް އަންގާކަމަށް ބުނެފައިވެއެވެ.

މީހުން ނޫޅޭ ގޯތިތަކާއި ފަޅުގެތައް ސާފުނުކޮށް އޮތުމުގެ ސަބަބުން ރަށުގައި ދިރިއުޅޭ އާންމު ރައްޔިތުންނަށް އަންނަނީ އެކި އުނދަގޫ ތަކާއި ކުރިމަތިވަމުންނެވެ. މިފަދަމައްސަލަތައް ދިމާވެ ބައެއްރަށްރަށުގެ ކައުންސިލްތަކުން އެކި ފިޔަވަޅުތައް ވަނީ އަޅާފައެވެ. އެގޮތުން ބަޔެއްރަށްރަށުގައި މަގުފަޅި ކުނިކަހާ ސާފު ނުކުރާ ފަރާތްތަކުގެ ނަންތައްވެސް ވަނީ އާންމުކޮށްފަ އެވެ.