ރާއްޖޭގެ ކޯވިޑް ބަލީގެ ހާލަތު ގޯހުން ގޯހަށް ގޮސް އަނެއްކާ ވެސް އިތުރު ދެމީހުން ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައި ވަނީ 78 އަހަރުގެ ފިރިހެނަކާއި އަދި 85 އަހަރުގެ ފިރިހެނެކެވެ.

Ad
rt

މިބަލީގައި އިތުރު ދެ މީހުން ނިޔާވުމުން، މިއަދު މި ބަލީގައި ނިޔާވި މީހުންގެ އަދަދު 7 އަށް އެރީއެވެ.

މިބަލީގައި އިއްޔެ ވެސް ވަނީ 6 މީހަކު ނިޔާވެފައެވެ. އަދި ރާއްޖެއިން މިހާތަނަށް މިބަލީގައި ޖުމްލަ 136 މީހަކު ވަނީ ނިޔާވެފައެވެ.

މި މަހު އެކަނިވެސް 63 މީހަކު މިވަނީ މިބަލީގައި ނިޔާވެފައިވާއިރު، މިއަހަރު ނިޔާވި މީހުންގެ ޢަދަދަކީ 85 އެވެ.

މިއަހަރު ފެށުނީއްސުރެން ފެށިގެން ރާއްޖެއިން ކޯވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވެ އެޑްމިޓްކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދުވެސްވަނީ އިތުރުވެފައެވެ. އެގޮތުން ރާއްޖެއިން މިހާތަނަށް 55،000 އަށްވުރެ ގިނަ މީހުންނަށް މިބަލި ޖެހިފައިވާއިރު މިހާރުވެސް 23،000 އަށްވުރެ ގިނަ މީހުން އަންނަނީ ފަރުވާ ހޯދަމުންނެވެ. މީގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން 290 މީހުން އަންނަނީ ފަރުވާ ހޯދަމުންނެވެ.