އިހަވަންދޫ މަސްވެރިންގެ ގުޅުން، (އިމަގު)އިން އެރަށުގައި ފަޔަރ ފައިޓިން ކޯހެެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

އިހަވަންދޫގެ މަސްވެރިންނަށާއި އާންމުންނަށް ހުޅުވައިލާގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިކޯސް ކުރިއަށްގެންދާނީ މޯލްޑްވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ އިސްޓްްރަކުުުޓަރުންގެ އެހީތެރިކަމާއެކުގައި ކަމަށް އިމަގުން މައުލޫމާތުދެއެވެ.

Ad
rt

މިކޯހުގައި އަލިފާން ނިއްވުމުގެ އުކުޅުތަކާއި ސަމާލުވަންވީ ކަންތައްތައް ކިޔައިދޭނެވެ. މި ކޯހުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 9886881 ގުޅައި ނަންނޯޓުކުރުމުގެ ފުރުސަތު މިހާރުވެސް ވަނީ ހުޅުވައިލެވިފައިކަމަށް އިމަގުން ބުނެއެވެ.

މި ކޯސް ކުރިއަށް ގެންދިއުމަށް ތާރީހެއް ކަނޑައަޅާނީ ރައްޔިތުންގެ ފަރާތުން ލިބޭ ތަރުހީބަށް ބެލުމަށްފަަހު ކަމަށް އިމަގުގެ މީޑިއާ ކޯޑިނޭޓަރ ސައުދުﷲ އަހުމަދު ވިދާޅުވިއެވެ.

"މަސްދޯނިފަހަރުގަ މަދުން ނަމަަވެސް އަލިފާނުގެ ހާދިސާތައް ހިނގާ. މަސްވެރިން މިކަމަށް ހޭލުންތެރިވެފަ ތިބުން ވަރަށް މުހިއްމު. އަދި، އާންމުން ވެސް އަލިފާންްގެ ހާދިސާތަކަށް ސަަމާލުކަންދިނުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ފެންނަނީ. މިކޯހުގެ ބައިވެރިންގެ އަތުން އެއްވެސް ފީ އެއް ނުނެގޭނެ." ސައުދުﷲ ވިދާޅުވިއެވެ.

އިމަގަކީ ވަރަށް ހަރަކާތްތެރި ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއިން ދަނީ އިޖްތިމާއީ، ފަންނީ، އަދި އިލްމީ ބިނާ ކުރުވަނިވި ގިނަ ޕްރޮގްރާމްތަކެއް ރާވައި ހިންގަމުންނެވެ.