ހއ. އިހަވަންދޫ މަސްވެރިންގެ ގުޅުން، (އިމަގު)އިން މިދިޔަ ބަރަކާތްތެރި ރަމަޟާންމަހުގައި އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ "ނަވުރުމާ" ޕްރޮގްރާމް ނިންމާލައިފިއެެވެ.
އިމަގުގެ ރަސްމީ ފޭސްބުކް ޕޭޖް މެދުވެރިކޮށް ނަވުރުމާގެ ފަހު އެޕިސޯޑްގެ ގުރުލުން އިއްޔެވަނީ ކުރިއަށް ގެންގޮސްފައެވެ. މި އެޕިސޯޑުގައި ފިތުރު އީދު ދުވަހަށް ހާއްސަކޮށް ހުޅުވައިލި 3 ސުވާލަށް ނުވަތަ މަސައްކަތް ފުރިހަމަކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ނަސިީބުވެރި 3 ފަރާތެއްވަނީ ގުރުއަތުން ނަގައިފައެވެ.
ނަވުރުމާ ޕްރޮގާރާމަކީ "ގިވްއަވޭ" ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި އަގުހުރި އެތައް އިނާމްތަކެއް ދޫކޮށްލެވިފައި ވާކަމަށް އިމަގުގެ މީޑިއާ ކޯޑިނޭޓަރ ސައުދުﷲ އަހުމަދު ވިދާޅުވިއެވެ.
"ނަވުރުމާ ޕްރޮގްރާމްގައި ބައިވެރިންނަށް ދެވުނު އިނާމްތަކަކީ ވަރަށް އަގުހުރި އިނާމްތަކެއް. އިނާމްތައް ހުށަހަޅައިފައިވަނީ ޓީމް ޑީ އިން އަދި މިނިޓީ އިން. އެ ފަރާތްތަކަށް ވަރަށް އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން. އަންނަ އަހަރުވެސް ތަފާތު ބަދަލުތަކާއެކު ނަވުރުމާ ކުރިއަށްގެންދިއުމަށް ނިންމާފަވަނީ. ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިގެންދިޔަ ކަން ފާހަގަކުރަން" ސައުދުﷲ ވިދާޅުވިއެވެ.
ސައުދުﷲ އިތުރަށް ވިދާޅުވިގޮތުގައި، ނަވުރުމާގެ ގުރުލުމުމުގެ 4 ޕްރޮގްރާމެއް ހުށަހަޅައިދީފައި ވަނީ ކުޑަކުދިންކަމަށާއި އެއީ އިމަގުގެ "އަދުމާދަމާއަށްް" ޕްރޮގްރާމްްގެ ދަށުން އަންނަން އޮތް ޖީލު ތަމްރީނުކުރުމުގެ ގޮތުން ޝައުގުވެރިކަން ފާޅުކުރި ކުދިންނަށް އެފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކުރެވިގެންދިޔަ މަސައްކަތެއް ކަމަށެވެ. އަދި، އިމަގުގެ ކުރިއަށް ހުރި ޕްރޮގްރާމްތައް ހުށަހެޅުމަށް ޝައުގުވެރިވާ ކުދިންނަށް އެފުރުސަތު ފަހިކޮށްދޭނެކަމަށާއި އިމަގުން އެކުދިން އެކަމަށް ތަމްރީނުކޮށްދޭނެކަމަށް ވެސް އޭނާ ވިދާޅުވިއެެވެ.
ނަވުރުމާ ގުރުލުމުގެ ޕްރޮގްރާމްގެ ތެރެއިން އިމަގުން ކުރިއަށް ގެންދާ 'ހިތްހެޔޮ އިހަވަންދޫ' ޕްރޮގްރާމަށް ވެސް އަލިއަޅުވައިލައިފައިވެއެވެ. އިހަވަންދޫއަކީ އެކަކު އަނެއްކަކަށް އެހީތެރިވާ އަޅައިލާ ރައްޔިތުންތަކެއް ދިރިއުޅޭ އަދި ލޭފަވެތި މުޖުތަމައެއް ބިނާކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ހިންގޭ ޕްރޮގްރާމެއްކަމަށް އިމަގުން މައުލޫމާތުދެއެވެ. މިހާރުވެސް އިހަވަންދޫގެ ރައްޔިތުން ފާހަގަވެގެންދަނީ އެއްބައިވަންތަ އެއް ރޫހެއްގައި މަސައްކަތްކުރާ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއްގެ ގޮތުގައިކަން އިމަގުން ފާހަގަކުރެއެވެ.
ނަވުރުމާގެ ފަހު ޕްރޮގްރާމުގެ ގުރުލުން ހުށަހަޅައިދީފައި ވަނީ އިމަގުގެ ސެކެޓްރީ އަލީ އަރުޝަދާއި އިމަގުގެ ލިޓްރެޗަރ ސެކްޓްރީ ފަތުހުﷲ އަހުމަދެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!