ކުޅުދުއްފުށި ސިޓީއިން ކޯވިޑް-19 އަށް އިތުރު މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

މިއާއިއެކު އެސިޓީ އިން މިހާރު ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު މިވަނީ 13 އަށް އަރާފަ އެވެ.

Ad
rt

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން ބުނުނީ ޕޮޒިޓިވްވެފައިވަނީ މިމަހުގެ 21 އިން 22 ވަނަ ދުވަހުގެ އިރުއޮއްސި 6:00 ގެ ކުރިން ނެގިފައިވާ 64 ސާމްޕަލްގެ ތެރެއިން 1 ސާމްޕަލް ކަމަށެވެ.

ޕޮޒިޓިވްވެފަިވަނީ ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރުމަށް ފަހު ސާމްޕަލް ނެގި ފަރާތެއް ކަމަށް ކޭއެޗްއާރް އިން ބުނެއެވެ.

ކޭއާރުއެޗް އިން އިތުރަށް ބުނެފައިވަނީ 64 ސާމްޕަލްގެ ތެރެއިން 55 ސާމްޕަލް ނަގައިފައިވަނީ ރޭންޑަމް ސާމްޕަލްގެ ގޮތުގައެވެ.

ކުޅުދުއްފުށި ސިޓީ މޮނިޓަރިން ހާލަތުގައި އޮތްނަމަވެސް، ކޭއެޗްއާރް އިން ޕަބްލިކް ހެލްތްގެ ހިދުމަތް މާދަމާއިން ފެށިގެން ދިނުމަށް އެހޮސްޕިޓަލުންވަނީ ނިންމާފަ އެވެ.

އެެގޮތުން، ހިދުމަތް ހޯދުމަށް އަންނަ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކޭއެޗްއާރުން އިލްތިމާސްކުރެއެވެ.