ށ. ކަނޑިތީމުން އިތުރު 27 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.
ކަނޑިތީމު ސިއްހީ މަރުކަޒުން މިއަދު ހާމަކުރެއްވި މައުލޫމާތަށް ބަލާއިރު އިތުރު 27 މީހަކު އެރަށުން ވަނީ ޕޮޒިޓިވްވެފައެވެ.
އެހެންކަމުން އެރަށުގެ އެކްޓިވް ކޭސްތަކުގެ ޢަދަދު މިހާރު ވަނީ 67 އަށް އަރާފައެވެ.
މިހާތަނަށް އެރަށުން 753 ސާމްޕަލެއް ވަނީ ނަގާފައެވެ. މިހާތަނަށް 11 ސާމްޕަލެއްގެ ނަތީޖާ ނުލިބެއެވެ.
ކަނޑިތީމުގައި މިވަގުތު 190 މީހެއް ހޯމް ކަރަންޓީނުގައި ތިބިއިރު، މިހާތަނަށް 791 މީހަކު ވަނީ ހޯމް ކަރަންޓީނު ކުރެވިފައެވެ.
މިމަހު 10 ވަނަ ދުވަހު ނެގި 5 ސާމްޕަލެއްގެތެރެއިން 4 ސާމްޕަލެއް ޕޮޒިޓިވްވުމުން ކަނޑިތީމު މިވަގު އޮތީ މޮނިޓަރިން ހާލަތުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!