ދެ ސައިކަލް ޖެހި ހދ. ކުޅުދުއްފުށި ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހެއްގެ ނޭފަތު ކަށިގަނޑު ބިންދައިގެން ގޮސްފި އެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ މިރޭ ބަންޑާރަ މަގުގައި ހުންނަ “ލިޔާ ފިހާރަ” ކުރިމަތީގަ އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގެ މެނޭގަރ އަޙްމަދު ދާއޫދު ވިދާޅުވީ މިރޭ ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހެއް އެހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ. އެއީ 42 އަހަރުގެ ފިރިހެނެއްކަމަށްވެސް އަޙްމަދު ދާއޫދު ވިދާޅުވި އެވެ.
"ނޭފަތުގެ ކަށިގަނޑު ބިނދިފައިވަނީ، އިތުރު އަނިޔާތައް ލިބިފައިވޭތޯ ބެލުމަށް ސީޓީސްކޭން ހަދަމުންދަނީ"
އަޙްމަދު ދާއޫދު ވިދާޅުވިއެވެ.
އަނިޔާވި މީހާގެ އިތުރުން މިއެކްސިޑެންޓް ހިނގާގައިވާ ދެވަނަ ސައިކަލް ދުއްވަންއިނީ 18 އަހަރު ނުވާ ކުއްޖެއްކަމަށް މަޢުލޫމާތު ލިބިފައިވެއެވެ،
މިއެކްސިޑެންޓާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ. ނަމަވެސް މިކަން ތަހްގީގުކުރަމުންދާކަމަށް މަޢޫލޫމާތު ލިބެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!