ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީއަށް އެކޮމެޓީގައި ހިމެނިވަޑައިގަންނަވާ ހއ. އިހަވަންދޫ ދާއިރާގެ މެންބަރ މުޙައްމަދު ޝިފާޢު ހާޒިރުނުވި ސަބަބު ސާފުކޮށްދެއްވައިފި އެވެ.

ގެވެށި އަނިޔާގެ މައްސަލައެއްގެ ތުހުމަތު ކުރެވިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގެ މުގައްރިރުކަމުން ވަކި ކުރަން މިއަދު ތާވަލުކުރި މައްސަލަ ކޯރަމް ހަމަނުވެގެން ކުރިއަށް ނުގެންދެވި، އެ ބައްދަލުވުން ވަނީ ކެންސަލްކޮށްފަ އެވެ.

Ad
rt

މިކޮމެޓީއަށް މިއަދު ހާޒިރުނުވާ މެންބަރުގެ ފޮޓޯ މީސްމީޑިޔާގައި އާންމުކޮށް ބައެއް ފަރާތްތަކުން ހިތްހަމަނުޖެހުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައި ޝިފާއު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިއަދުގެ އިޖުތިމާޢީ ކޮމެޓީގެ ބައްދަލުވުމަށް ނޯޓިސް ލިބިފަވަނީ ބައްދަލުވުން ފެށުމުގެ 15 މިނެޓް ކުރިންކަމަށެވެ.

އަދި ނޯޓިސް ލިބުންއިރުވެސް އަދި ކޮމެޓީ ހިނގިއިރުވެސް ޝިފާޢު އިންނެވީ އިހަވަންދޫ ކައިންސިލް މެމްބަރުނާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ބޭފުޅުންނާއެކު އިހަވަންދޫ ކައުންސިލްގައި ބައްދަލްވުމެއްގައިކަމަށް ވިދާޅުވި އެވެ.

"މިއަދުގެ 11:39 ގައި އީސަވަނީ ކޮމެޓީން މުގައްރިރުކަމުން ވަކިވާން ނިންމާފައިވާކަމަށާއި މިރޭގެ ކުރިން ސުޓޭޓްމަންޓެއް ނެރޭނެކަމަށްބުނެ ކޮމެޓީ ވަޓްސްއަޕް ގުރޫޕަށް މެސެޖެއްޕޮނުވާފަ. ބައެއް މެމްބަރުން މެޑަލްޖަހަން އެހެން މެމްބަރުންގެ އަބުރު ކަތިލާތީ ހަގީގަތް ހާމަކޮށްލީ."

ޝީފާޢު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

އިޖުތިމާއީ ކޮމިޓީގެ ތިން މެމްބަރުންގެ ސޮއި އާއެކު މުގައްރިރުގެ އިތުބާރުނެތް ކަމުގެ މައްސަލައެއް ހުށައަޅާފައިވަނިކޮން އީސަ ވަނީ އެކޮމޮޓީއިން މިއަދު އިސްތިއުފާ ދެއްވާފަ އެވެ.

އެ މައްސަލާގައި ސޮއި ކުރައްވާފައިވަނީ ޖީހާންގެ އިތުރުން ކޮމިޓީގެ ނައިބު މުގައްރިރު އަދި މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާނާއި މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ އެވެ. އެކަމާ ފިރުޝާން ވިދާޅުވީ އިތުބާރުގެ މައްސަލަ ހުށަހަޅާފައިވަނީ މެމްބަރުގެ މައްޗަށް ކުރެވިފައިވާ ތުހުމަތުގެ ބާވަތަކީ މަޖިލީހަށާއި ކޮމިޓީއަށް ބަލައިގަނެވޭނެ ފަދަ ތުހުމަތަކަށް ނުވާތީ ކަމަށެވެ.

އީސަގެ ގެވެށި އަނިޔާގެ މައްސަލަ ފުލުހަށް ހުށަހަޅާފައި ވަނީ އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމްގެ އަވަށްޓެރިއެކެވެ. އަސްރާއަކީ ނައިބު ރައީސް ފައިސަލް ނަސީމްގެ އެއްބަނޑުއެއްބަފާ ކޮއްކޮ އެވެ.