ފޯކައިދޫއިން ބަލީގެ އަލާމާތް ހުރެގެން ޓެސްޓް ކުރި ދެމީހަކު ޕޮޒިޓިވްވެއްޖެ

Foakaidhoo

ށ. ފޯކައިދޫ ހޯމް ކަރަންޓީނުގައި ތިބި ދެމީހެއް ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.

ފޯކައިދޫ ސިއްހީ މަރުކަޒުން ހާމަކުރެއްވި ގޮތުގައި، އެ ދެމީހުންނަކީ މިމަހުގެ 16 ވަނަ ދުވަހު މާލޭން ފޯކައިދުއަށް ގޮސް ހޯމް ކަރަންޓީންގައި އެއް ގޭގައި ތިބި ދެ މީހުންނެވެ.

އެ ދެމީހުންގެ ކިބައިން ބަލީގެ އަލާމާތް ފެންނަން ފެށުމުން އެ މައުލޫމާތު ސިއްހީ މަރުކަޒާއި ހިއްސާ ކުރީ ވެސް އެ ދެމީހުންނެވެ.

"ކޯވިޑްގެ ޢަލާމާތްތައް ފެންނަ ކަމަށް އެ ދެފަރާުތުން މަޢްލޫމާތު ދިނުމުން 19 މެއި 2021 ވަނަ ދުވަހުގެ ރޭ ދަންވަރު ކުއްލިގޮތަކަށް އެފަރާތްތަކުގެ ސުންކު ނަގާ ޓެސްޓްކުރެވި މިއަދު ނަަތީޖާ ލިބުނުއިރު އެ ދެފަރާތްވެސް ވަނީ ކޯވިޑް19 އަށް ފައްސިި ވެފައި" ފޯކައިދޫ ސިއްހީ މަރުކަޒުން ވިދާޅުވެފަ ވެއެވެ.

އެ ދެ މީހުން ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރަމުން ދިޔައީ، މީހުން ދިރިއުޅޭ ގެއެެއްގައި އެހެން މީހުންނާއި ވަކިން ނެވެ. ނަމަވެސް އެމީހުން ކަރަންޓީނުގައި ތިބި ގޭގައި ދިރިއުޅޭ އެހެން މީހުންނާއި ކޮންޓެކްޓެއް ހިގާފައި އޮވެދާނެކަމަށް ބަލައި، އެމީހުން ކަރަންޓީނުގައި ތިބި ގެ އެއްކޮށް މިވަގުތު ވަނީ ކަރަންޓީން ކުރެވިފައި ކަމަށް ފޯކައިދޫ ސިއްހީ މަރުކަޒުން ވިދާޅުވެއެވެ.

ފޯކައިދޫ ހޯމް ކަރަންޓީނުގައި ތިބި ދެމީހެއް ޕޮޒިޓިވްވިއިރު، ރާއްޖޭގެ ގިނަ ރަށްތަކެއް ގައި ކޯވިޑް ވަނީ ފެތުރިފައެވެ.

މިވަގުތު ވެސް ރާއްޖޭގެ 105 ރަށެއްގައި 2969 އެކްޓިވް ކޭސް އެބަތިބި ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ރޭވަނީ ވިދާޅުވެފަ އެވެ. އަދި 63 ރަށެއް އޮތީ މޮނިޓަރިންގައެވެ. މޮނިޓަރިންގައި ހުރި ރަށްތަކުގެ ތެރޭގައި ފޯކައިދޫ ނިސްބަތްވާ ށ. އަތޮޅުގެ އެހެން ދެ ރަށެއް ވެސް ހިމެނެއެވެ. އެއީ ކަނޑިތީމާއި، ޅައިމަގެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި