ރާއްޖޭގައި ކޯވިޑް ބަށްޔަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު ނިޔާވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، ނިޔާވީ އުުރުން 73 އަހަރުގެ އަންހެނެއް ކަމަށެވެ.
އެމީހާއަކީ ދަރުމަވަންތަ ހޮސްޕިޓަލް ޑީއެޗް11ގައި ފަރުވާ ހޯދަމުން ދިޔަ މީހެކެވެ. އޭނާ ނިޔާވީ މެންދުރު 12:10 ގައެވެ.
މި އާއިއެކު ކޮވިޑް ޖެހިގެން ރާއްޖެއިން ނިޔާވި މީހުންގެ އަދަދު މިހާރު މިވަނީ 104 އަށް އަރާފަ އެވެ.
އިއްޔެ ވެސް ރާއްޖެއިން އިތުރު 1،433 މީހުން މިބަށްޔަށް ޕޮޒިޓިވްވިއެވެ. މިހާތަނަށް މިބައްޔަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 45،956 އަށް އަރާފައެވެ. އޭގެތެރެއިން 268 މީހުންނަށް ފަރުވާދެމުންދަނީ ހޮސްޕިޓަލްތަކުގަ އެވެ.
މި މެއިމަހުގެ މިހާތަނަށް ވެސް ކޯވިޑް ބަލީގައި ރާއްޖެއިން 31 މީހަކު ވަނީ ނިޔާވެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!