ނުރައްކާތެރި ކޯވިޑް-19 ބަލީގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވިގޮތުގައި އެއީ އުމުރުން 70 އަހަރުގެ މީހެކެވެ. އެމިހާ އަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ ދިވެހި އަންހެނެކެވެ.

Ad
rt

އެމީހާ ނިޔާވީ މއަދުގެ ހަވީރު 18:00 ގައެވެ. އަދި ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ ޖުމްލަ މިހާރު ވަނީ 101 އަށް އަރާފަ އެވެ.

ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު އެކްޓިވް ކޭސްތަކުގެ އަދަދު ހުރީ 15،958 ގައެވެ. އަދި ރާއްޖެއިން މިހާތަނަށް 44،523 މީހަކު ވަނީ މިބަށްޔަށް ޕޮޒިޓިވްވެފަ އެވެ.