އިންޑިއާގައި ކޯވިޑް-19 ޖެހިގެން މަރުވާ މީހުން ކޯރުތަކަށް އަޅަމުން އަންނަ ކަމަށާއި އެކަން ހުއްޓާލުމަށް އެ ގައުމުގެ ފުލުހުން އަންގައިފިއެވެ.

މިކަންތައް މިހެން ހިނގަ ކަން އިންޑިއާގެ ސިފައިންނަށް އެނގިފައިވަނީ އެ ގައުމުގެ ގަންގާ ކޯރުގެ އައްސޭރިއަކަށް ގިނަ އަދަދެއްގެ ގަބުރުތަކެއް ލެއްގުމުންނެވެ. އެ މީހުންނަކީ ކޯވިޑް ޖެހިގެން މަރުވި މީހުން ކަމަށް ސޯޝަލް މީޑިއާގައި ވަނީ ހަބަރުތައް ފެތުރިފައެވެ.

Ad
rt

އެ ގައުމުގެ ނޫސްތަކުން ރިޕޯޓު ކުރާ ގޮތުގައި ކޯރު އައްސޭއިން ވަނީ 1000އަށް ވުރެ ގިނަ ގަބުރު ފެނިފައެވެ. ނަމަވެސް އެ ގައުުގެ ސްޓެޓް ސްޕޯކްސްމަނެއް ކަމަށްވާ ނަވްނީތު ސޭގަލް ވަނީ އެކަން ދޮގުކޮށްފައެވެ. އޭނާ ބުނިގޮތުގައި އެ ގަބުރުތަކާއި ކޯވިޑާ އެއްވެސް ގުޅުމެއް ނެތެވެ.

ކޯރު އައްސޭރިއަކީ ކުރީ ޒަމާނުއްސުރެ މީހުން ވަޅުލާ ސަރަހައްދެކެވެ. އަދި ކޯރުތަކަށް ގަބުރުތައް އެޅެން ފެށީ ކޯވިޑްގައި ގިނަ ބަޔަކު މަރުވުމާ ގުޅިގެން އެތަނުގައި ވަޅުލަން މަސައްކަތް ކުރާތީ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އިންޑިއާގެ ހިންދޫ ދީނުމުގައި މަރުވާ މީހުން އަންދާލަނީއެވެ. ނަމަވެސް ކޯވިޑުގައި ގިނަ ބަޔަކު މަރުވެ އަންދާނެ ޖާގަ ނެތި ދަރުވެސް ވަނީ އެ ގައުމުން ހުސްވާން ކައިރިވެފައެވެ. ބައެއް މީހުން އާއިލީ މީހުން ވަޅުލަމުން ގެންދަނީ އަންދާނެ ލާރި ނެތުމުންނެވެ.

އެ ގައުމުގައި ކޯވިޑްގެ ހާލަތު ދަނީ ދުވަހަކަށް ފަހު ދުވަހެއް ގޯސްވަމުންނެވެ. އެ ގައުމުގައި މިހާތަނަށް ވަނީ ދުވާލަކު ތިން ލައްކަ ޕޮޒިޓިވް ކޭސް ވެސް ފެނިފައެވެ. އަދި މަރުވި މީހުންގެ އަދަދު ވަނީ ދެ ލައްކައަށްވުރެ ގިނަވެފައެވެ.