އަންނަ އަހަރު އަމީރު އަމީން ސްކޫލަށް ކުދިން ވައްދަން ހުޅުވާލައިފި

62EDBE29-96FA-469A-9943-0C1B5E8E952C

ކުޅުދުއްފުށީ ކައުންސިލުން ހިންގާ ނާސަރީ ސްކޫލް، އަމީރު އަމީން ސްކޫލުގެ ބޭބީ ނާސަރީއަށާއި ނާސަރީއަށް އަންނަ އަހަރު ކުދިން ވެއްދުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި ފުރުޞަތު ހުޅުވާލާ، މިއަދު ސްކޫލުން އެކަން އިއުލާން ކޮށްފައިވާއިރު، 2020 ވަނަ އަހަރު ބޭބީ ނާސަރީއަށް ވެއްދުމަށް ޝަރުތު ހަމަވަނީ 31 މާރިޗު 2020 އަށް ދެ އަހަރު ފުރި ތިން އަހަރު ނުފުރޭ ކުދިންނެވެ.

ނާސަރީއަށް ވެއްދުމަށް ޝަރުތު ހަމަވަނީ 31 މާރިޗު 2020 އަށް ތިން އަހަރު ފުރި، ހަތަރު އަހަރު ނުފުރޭ ކުދިންނެވެ.

ސްކޫލަށް ވަނުމަށް އެދޭ ފޯމު ނަގަން ހާޟިރުވާއިރު، އައިޑީ ކާޑު ނުވަތަ އައިޑީ ކާޑުގެ ކޮޕީ ނުވަތަ ކުއްޖާގެ ފޮޓޯއެއް ގެންދަން ޖެހޭނެއެވެ. އަދި ޖާގަ ދިނުމުގައި އިސްކަން ދެވޭނީ ފޯމުލާ ތަރުތީބުންކަމަށްވެސް، ސްކޫލުން ކޮށްފައިވާ އިއުލާނުގައިވެއެވެ.

23 ސެޕްޓެމްބަރުން ފެށިގެން 30 ސެޕްޓެމްބަރާ ދެމެދު ފޯމު ނެގުމަށްފަހު، ފޯމު ހުށަހަޅަން ޖެހޭއިރު، މި މުއްދަތުގެ ތެރޭގައި، ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 12:00 އަށް ފޯމު ބަލައިގަންނަނާނެއެވެ. ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 100 ރުފިޔާ ދައްކަން ޖެހޭއިރު، ފޯމުލާއިރު، މި ފައިސާ ދައްކަން ޖެހޭނެކަމަށް އިއުލާނުގައިވެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި