އަމިއްލަ ފަރާތަކުން އިސްނަގައި ހއ. މުރައިދޫގައި ހިނަވާގެއެއް އިމާރާތްކޮށް ހއ.މުރައިދޫ ކައުންސިލާ ހަވާލުކޮށްފިއެވެ.

ހއ. މުރައިދޫ ކައުންސިލްގެ ރައީސް އަސްރާރު އަބުދުﷲ ވިދާޅުވިގޮތުގައި، ހިނަވާގެ އިމާރާތްކުރުމުގެ ހުރިހާ ހަރަދެއްކޮށްފައިވަނީ ހއ. މުރައިދޫއަށް ނިސްބަތްވާ ފަރާތެކެވެ. ނަމަވެސް، އެފަރާތުގެ ނަން ހާމަނުކުރުމަށް އެދިފައިވާކަމަށް އަސްރާރު ވިދާޅުވިއެވެ.

Ad
rt

ހިނަވާގެ އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފެށިތާ އަށެއްކަ މަސްދުވަހުތެރޭ މަސައްކަތް ނިންމާފައިވާކަމަށް އަސްރާރު ފާހަގަކުރެެއްވިއެވެ. އަދި، ހިނަވާގެވަނީ މިޒަމާނުގެ ފެންވަރަށް އިމާރާތްކުރެވިފަކަމަށާއި އެ މަސައްކަތާމެދު ހިިތްހަމަޖެހޭކަމަށާއި މިކަމުގެ ސަަބަބުން ކަށުކަމާކެމީގެ ކަންތައް ކުރިއަށް ގެންދިއުމުގައި އިތުރު ލުއިތަކެއްވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

“ރައްޔިތުންގެ ފެންވަރުގަކުރެވޭނެ މިފަދަ ނުވަތަ މިއަށްވުރެ ކުޑަކުޑަ މަސައްކަތްތައް ރައްޔިތުން ނުކުމެ ކުރާތަން ދެކެން ބޭނުން. ބޭނުންވަނީ ރަށުގެ އިޖުތިމާއީ ރޫހު އާލާކުރުމުގެ ގޮތުން ގުޅިގެން މަސައްކަތްކޮށް އެފަދަ މަސައްކަތްތަަކަށް އެއްބާރުލުންދޭ ބަޔަކަށް ރައްޔިތުންވުން”

އަސްރާރު ވިދާޅުވިއެވެ.

Amilla faraathakun isnahgavaigen mirashugai imaaraiy kohffaivaa Hinavaage Ha.Muraidhoo Council aai...

Posted by Secretariat of Muraidhoo Council, North Thiladhunmathi on Sunday, May 16, 2021

އަމިއްލަ ފަރާތަކުން އިސްނަގައި ރަށުގައި ހިނަވާގެއެއް އިމާރާތްކޮށްފައިވާތީ، ކައުންސިލްގެ ނަމުގައާއި ރަށުގެ ރައްޔިތުންގެ ނަމުގައި ހިނަވާގެ އިމާރާތްކޮށްފައިވާ ފަރާތަށް މުރައިދޫ ކައުންސިލްގެ ރައީސް ޝުކުރުއަދާކުރިއެވެ.