ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ހއ. ދިއްދޫގައި ހާއްސަ ފިޔަވަޅުތަކެއް އަޅަން އަންގައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ދިއްދޫގެ އިތުރުން ފ. ފީއަލީ ގައި ވެސް މިފިޔަޅުތައް އަޅަން އެންގިއެވެ.

Ad
rt

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެެރެފައިވާ އެންގުމުގައި ބުނެފައިވަނީ މާދަމާއިން ފެށިގެން ވަކި ގޮތެއް އަންގަންދެން ދިއްދޫ އާއި ފީއަލީގައި ރޭގަނޑު 9:00 އިން ފެށިގެން ފަތިހު 4:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރާ ކަމަށެވެ.

ޕާޓީތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމާއި އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުންވެސް ވަނީ މަނާކޮށްފައެވެ.

އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާނގައި އެއްވެ އުޅުން ހުއްޓައިލުމާއި ސެލޫންތަކާއި، ޖިމްތާކާއި ބޯކޮށާ ތަންތަން ބަންދުކުރުމާއި، ހުރިހާ ކުޅިވަރު ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުމަަށްވެސް އަންގާފައިވެއެވެ.

މީގެ އިތުރުން، ޓެކްސީގެ ހިދުމަތް ދޭ ފަރާތްތަކުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ ހިދުމަތް ދިނުމާއި ފިރާތަކުން ހިދުމަތް ދޭއިރު ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ފިހާރަތަކުގެ ހިދުމަތް ދިނުމާއި ޔުނިވާސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުމަށްވެސް ވަނީ އަންގާފައެވެ. ހޮޓާތަކާއި ކެފޭތަކާއި ރެސްޓޯރަންޓުތަކާއި ކާބޯތަކެތީގެ ހިދުމަތް ދޭ އެހެނިހެން ތަންތަނުން ޑެލިވަރީގެ ހިދުމަތް ދިނުމަށްވެސް ވަނީ އަންގާފައެވެ.

ދިއްދޫގައި ހަލުވިކަމާއެކު ކޯވިޑް ބަލި ފެތުރެމުންދާތީއާއި، އެރަށުން ނެގުނު ރެންޑްމް ސާމްޕަލްތަކުން ސާމްޕަލްތަކެއް ޕޮޒިޓިވްވުމުން، ކޮމިޔުނިޓީ ސްޕެރްޑެއް އޮތްކަމަށް ޤަބޫލު ކުރެވޭތީ ދިއްދޫ ކައުންސިލުން ވެސް ވަނީ އެރަށުގައި ކާފިއު އިއުލާންކޮށް، ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. 8 މެއި 2021 ފެށިގެން އެރަށުގައި އެޅިި ރަށްކާތެރިކަމުގެ ފިޔަވަޅުތަކާއި، އެރަށުގަ ހިންގި ކާފިއުގެ މުއްދަތު މިމަހުގެ 21 ވަނަ ދުވަހުގެ ހަވީރު 18:00އާއި ހަމައަށް ދަންމާލާފަ އެވެެ.

ކޯވިޑް ބަލީގައި ދިއްދޫއިން ވަނީ މިއަދު މީހަކު ނިޔާވެފަ އެވެ.

މިވަގު ދިއްދޫގައި އެކްޓިވް ކޭސްތަކުގެ ގޮތުގައި ޕޮޒިޓިވް 102 މީހަކު އެބަތިއްބެވެ. އެރަށުން މިހާތަނަށް 1055 ސާމްޕަލް ނަގާފަ ވެއެވެ.