ހއ. ދިއްދޫއިން ކޯވިޑް ބަލީގައި މީހަކު ނިޔާވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ، (އެޗްޕީއޭ) އިން ވިދާޅުވި ގޮތުގައި އެރަށުން ނިޔާވެފަ ވަނީ 83 އަހަރު އަންހެނެކެވެ.
ދިއްދޫ ގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލަށް ގެންދެވުނުއިރު ވެސް އެމީހާވަނީ ނިޔާވެފައިވާކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ. މިއީ، ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި 93 ވަނަ މީހާއެވެ.
ހއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އުޘްމާން އަޝްރަފް "ތިލަދުން"އަށް ވިދާޅުވީ، ނިޔާވި މީހާއަކީ، ކޯވިޑްއަށް ޕޮޒިޓިވްވެގެން ހޯމް ކަރަންޓީނުގަ ހުރި މީހެއް ކަމަށެވެ.
"ކަރަންޓީނުގަ ތިބޭ ހުރިހާ މީހުންނަށް ހޮސްޕިޓަލުން ކޮންމެ ދުވަހު ގުޅައި އެމީހުން ހާލު ބަލާނެ، ނިޔާވި މީހާއާއިގުޅޭ ކޮމްޕްލެއިނެއް ކުރިން ނުލިބޭ، މިއަދު ހޮސްޕިޓަލަށް ގެނެވުނުއިރު ވެސް ނިޔާވެފަވާ ކަމަށް ޑަކްޓަރުން ވިދާޅުވީ" އަޝްރަފް ވިދާޅުވިއެވެ.
މިވަގު ދިއްދޫގައި އެކްޓިވް ކޭސްތަކުގެ ގޮތުގައި ޕޮޒިޓިވް 102 މީހަކު އެބަތިއްބެވެ. އެރަށުން މިހާތަނަށް 1055 ސާމްޕަލް ނަގާފަ ވެއެވެ.
ކޯވިޑް-19 އަށް ފަރުވާ ހޯދަމުން އައި އިތުރު މީހަކު ރޭވެސް ވަނީ ނިޔާވެފަ އެވެ. އެޗްޕީއޭއިން ވިދާޅުވިގޮތުގައި އެއީ 63 އަހަރުގެ ދިވެހި އަންހެނެކެވެ. އެމީހާ ނިޔާވީ ރޭ 11:53 ގަައެވެ. އެއީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ހޯދަމުން ދިޔަ މީހެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!