ކޮވިޑް ބަލީގައި އިތުރު މީހަކު ރާއްޖެއިން ނިޔާވެއްޖެ އެވެ.

ކޮވިޑް ޖެހިގެން ނިޔާވެފައި ވަނީ 51 އަހަރުގެ ދިވެހި އަންހެނެއް ކަމަށްހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓުވީޓެއްގައި ބުނެފައުވެ އެވެ.

Ad
rt

އެޗްޕީއޭއިންބުނީ އެ މީހާއަކީ އިންދިރާ ގާދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އެމެޖެންސީ ރޫމް ގައި ފަރުވާދެމުން ދިޔަ މީހެކެވެ. އޭނާ ނިޔާވެފައިވަނީ މިއަދު ފަތިހު 04:45 ހާއިރުކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ.

މިއީ ވޭތިވެދިޔަ 3 ދުވަސް ތެރޭގައި ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި 10 ވަނަ މީހާއެވެ. އެގޮތުން ހުކުރު ދުވަހު މި ބަލީގައި 5 މީހަކު ނިޔާވެފައި ވާއިރު، ހޮނިހިރު ދުވަހު ވެސް ވަނީ 3 މީހަކު ނިޔާވެފައިވެއެވެ.

އެ ގޮތުން ފާއިތުވި 24 ގަޑިއިރު ތެރޭގައި 590 މީހުން ވަނީ ކޮވިޑު-19 އަށް ޕޮޒިޓިވްވެފައެވެ. އަދި މިއާއި އެކު މިހާތަނަށް ރާއްޖެއިން ކޮވިޑު-19 ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 34،724 އަށް އަރާފައެވެ. މީގެ ތެރެއިން އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 8640 އަށް އަރާފައެވެ.