ޕްރިންޓިންއާއި ޓެކްނޮލޮޖީއާ ގުޅުންހުރި އެކި މުދަލާއެކު 'ހުސްވީ ޕްރިންޓް' މިހާރު ކުޅުދުއްފުށި ސިޓީގައި ހުޅުވައިފިއެވެ.

ހުސްވީ ޕްރިންޓުގެ މެނޭޖަރު، އިސްމާއިލް އަހްމަދު ވިދާޅުވި ގޮތުގައި މިއީ އަގުހެޔޮ ކޮލިޓީ ޕްރިންޓިންގް ޚިދުމަތްތައް ކުޅުދުއްފުއްޓަށާއި ކައިރި ރަށްރަށަށް ފޯރުކޮށްދިނުމުގެ އުންމީދުގައި ހުޅުވިގެންދިޔަ ފިހާރައެކެވެ.

Ad
rt

އަދި 'ހުސްވީ' އިން މިހާރުވެސް މާލޭގައި ވިއްކަމުންދާ އެކި ޓެކް ޕްރޮޑަކްޓުތައް މާލޭއާއި އެއް އަގެއްގައި ކުޅުދުއްފުށީގެ ހުސްވީ ޕްރިންޓުން ލިބޭނެ ކަމަށް 'ހުސްވީ' މެނޭޖިން ޑިރެކްޓަރު ޖުމައިލް މުޙައްމަދު ވިދާޅުވިއެެވެ.

އެގޮތުން މި ފިހާރައިން ލިބޭނެ ޚިދުމަތްތަކަށް ބަލާލާއިރު ކުލަ ޕްރިންޓިން، ފޮޓޯކޮޕީ ނެގުން، ލެމިނޭޓިން، ބައިންޑިން، އެންގްރޭވިން، ކެންވަސް/ބެނާ ޕްރިންޓިން، ސްޓިކާ ޕްރިންޓިން، ޓްރޮފީ، މެޑަލް އަދި ޖާޒީ ޕްރިންޓިންވެސް ހިމެނެއެވެ.

ހުސްވީ ޕްރިންޓް އަކީ ހުސްވީ ޕްރަރިވަޓެ ލިމިޑެޓްގެ ސަބްސިޑަރީ އެކެވެ. ހުސްވީ އަކީ މާލޭގައި އެހެން ޓެކް ފިހާރަ ތަކަށްވުރެ ހެޔޮއަގުގައި ތަކެތި ވިއްކަމުންދާ ބައެކެވެ.