ހއ. އިހަވަންދޫ ކްލަބް ޕޯލްސްޓަރ އިން އިންތިޒާމްކޮށްގެން މަސްވެރިންނަށް ހާއްސަކޮށް ފިޝްމެން ފުޓުސެލް މުބާރާތެއް ބާއްވަން ނިންމައިފި އެވެ.

މި މުބާރާތުގެ މަގްސަދަކީ މަސްވެރިންގެ މެދުގައި އެކުވެރިކަން ބަދަހިކުރުމަށާއި އިހަވަންދޫގައި ހުނަރުވެރި ކުޅަދާނަ ފްޓްސަލް ކުޅުންތެރިން އުފެއްދުމަށާއި، އިހަވަންދޫގެ މަސްވެރިންނަކީ ޞިއްޙީގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުންކަމަށް އެކުލަބުން މަޢުލޫމާތުދެ އެވެ.

Ad
rt

މި މުބާރާތުގައި ބައިވެރިވެވޭނީ އިހަވަންދޫގައި ކަނޑު މަސްވެރިކަމާއި ކަންނެލީގެ މަސްވެރިކަމާއި ފަރުމަހުގެ މަސްވެރިކަން ކުރުމަށް ރަޖިސްޓްރީ ކޮށްފައިވާ އިހަވަންދޫގެ މަސްވެރި ދޯނިތަކުގެ ނަމުގައެވެ. އަދި އެދޯނި ފަހަރުގައި މަދުވެގެން 5 ހަފްތާގައި މަހަށް ގޮސްފައިވާ ފިރިހެނުންނަށެވެ.

މި މުބާރާތުގެ ޗެމްޕިއަން، ރަނަރަޕް އަދި ފެއަރ ޕްލޭ ޓީމަށް ފައިސާގެ އިނާމު ދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި، މުބާރާތުގެ މޮޅު ކުޅުންތެރިޔާ އާއި ކޮންމެ މެޗެއްގެ މޮޅު ކުޅުންތެރިޔާ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި ޖުމްލަ 7 ދޯންޏެއްގެ ނަމުގައި ޓީމުތައް ވަނީ ބައިވެރިވެފައެވެ.

މާދަމާ ހަވީރު މިމުބާރާތް ފެށުމަށް ހަމަޖެހިފައިވާއިރު، މިއީ މިފަދަ ފުޓުސަލް މުބާރާތެއް މަސްވެރިންނަށް ހާއްސަކޮށްގެން އިހަވަންދޫގައި ބޭއްވޭ ފުރަތަމަ ފަހަރެވެ.