ދޮންވެލި ތުނޑިތަކާއި މުރަކައިގެ ފަރުތަކުގެ ޖަޒީރާ މަންޒިލެއްގައި ޗުއްޓީ ހޭދަކޮށްލުމަކީ ހަމައެކަނި ދެކޭ ހުވަފެނެއްގެ ގޮތުގައި އޮތް އޮތުން މިހާރު ބަދަލުވެއްޖެއެވެ. ރީތި ނޫ ކަނޑުތަކާއި، ސަރފިންއަށް ޚާއްޞަ ސަފާރީތަކާއި، ޖަޒީރާ މަންޒިލްތައް މިހާރު އަތްފޯރާ ފަށަށް އަތުވެއްޖެއެވެ.
އެއީ މި ފެށޭ ނޮވެންބަރު މަހު "ކޯސްޓާ ކްރޫޒަސް"ގެ ސަފާރީ ދަތުރުތައް އިންޑިއާގެ މުމްބާއިއިން ދިވެހިރާއްޖެއަށް ފަށަން ހަމަޖެހުމުންނެވެ.
#TravelNews Costa Victoria promises a getaway to a land of sun, sand and sea. #Mumbai #Maldives #Sun #Sand #Sea #Cruise #CruiseShip #OT https://t.co/hLxiWYuFHf
— Outlook Traveller (@oltraveller) September 17, 2019
"ކޯސްޓާ ވިކްޓޯރިއާ"ގެ ނަމުން ނަންދެވިފައިވާ ސަފާރީ ބޯޓަކީ 2400 ފަތުރުވެރިންގެ ޖާގައިގެ ސަފާރީއެކެވެ. މި ސަފާރީ ދަތުރުކުރަން ހަމެޖހިފައިވަނީ 2019 ވަނަ އަހަރުގެ ނޮވެންބަރު މަހުން ފެށިގެން 2020 ވަނަ އަހަރުގެ މާރިޗުމަހުގެ ނިޔަލަށެވެ.
"ކޯސްޓާ ކްރޫޒަސް"އިން ވަނީ މުމްބާއިއިން ދިވެހި ރާއްޖެއަށް 7 ރޭގެ ދަތުރުކާއި، ދިވެހިރާއްޖޭއިން މުމްބައިއަށް 7 ރޭގެ ދަތުރުގެ ޕެކޭޖެއް ތަޢާރަފްކޮށްފައެވެ. އޭގެ އިތުރުން އިންޑިއާގެ މަންގަލޯ ބަނދަރުން މުމްބާއިއިން ކޮޗިންއަށް 4 ރޭގެ ދަތުރަކާއި، ކޮޗިންއިން ދިވެހިރާއްޖެއަށް 3 ރޭގެ ދަތުރުގެ ޕެކޭޖެއްވެސް ތަޢާރަފްކޮށްފައިވެއެވެ.
މި ސަފާރީ ދަތުރުތަކަކީ ފަސޭހަ އަދި ހިތްގައިމު ދަތުރުތަކަށް ހެދުމުގެ އަމާޒުގައި "ކޯސްޓާ ކުރޫޒަސް"އިން ވިސާއަކާއި ނުލައި، އަދި ވީހާވެސް ވައިގެ މަގުގެ ދަތުރުތައް މަދުގޮތަކަށް ސަފާރީި ދަތުރުކުރުމުގެ އިންތިޒާމް ހަމަޖައްސާފައިވެއެވެ.
ދަތުރުމަތީގައި ލިބެންހުރި ޚިދުމަތްތަކަށް ބަލާއިރު، އެކި ޙަފްލާތަކަށް ޚާއްޞަ ތިއޭޓަރަކާއި، މާލަންތަކާއި އަދި ސްވިމިންގ ޕޫލްފަދަ ޚިދުމަތްތައް ހިމެނެއެވެ. "ކޯސްޓާ ކްރޫޒަސް"ގެ އަމާޒަކީ "ކޯސްޓާ ވިކްޓޯރިއާ" ސަފާރީގެ ޒަރީޢާއިން އިންޑިޔާ ރައްޔިތުންނަށް ދުނިޔޭގެ އެކި ކަންކޮޅުތަކަށްގޮސް ޗުއްޓީ ހޭދަކުރުމުގެ ފުރުޞަތު ހޯދައިދިނުމެވެ.
ކޯސްޓާ ވިކްޓޯރިއާއިން ތަފާތު އެކި ބާވަތްބާވަތުގެ ކެއުންތަކުގެ އިންތިޒާމުވެސް ހަމަޖައްސާފައިވެއެވެ. ދަތުރުގެ ޚާއްޞަ ކެއުމަކީ އިޓާލިއަން ކުއިސިން ނަމަވެސް ވެޖިޓޭރިއަން ކެއުންތަކަށްވެސް ދަތުރުމަތީގައި އިންސާފުކުރެވޭނެއެވެ.
މީގެ އިތުރުން، ޑިސްކޯތަކާއި، ބޯލްރޫމްތައް ފަދަ މުނިފޫހި ފިލުވުމުގެ ވަސީލަތްތައް ދަތުރުމަތީގައި ރޭވިފައިވެއެވެ. ސަފާރީ ދަތުރު ޚަރަދުގެ ތެރޭގައި ހުރިހާ ޙަރަކާތްތަކާއި، ތިން ވަގުތުގެ ކެއުމުގެ ޚަރަދުވެސް ހިމެނިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!