މިރޭގެ ވަގުތެއްގައި ށ.ފީވަކުގައި ހޯމް ކަރަންޓީނުގައި ހުރި ފަރާތެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މިކަންވަނީ ފީވަކު ހެލްތް ސެންޓަރުން މިހާރު "ތިލަދުން" އަށް ކަށަވަރު ކޮށްދީފައެވެ. އޭނާ ޕޮޒިޓިވްވެ ވެފައިވަނީ 10 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރުމަށްފަހު ނެގި ރިލީސިންގް ސަަމްޕަލްގައެވެ.

Ad
rt

ފީވަކުން މިރޭގެ ވަގުތެއްގައި ޕޮޒިޓިވް ވެފައިވަނީ، ފީވަކުގައި ކުރިއަށްދާ ނަރުދަމާގެ މަސައްކަތް ކުރުމަށްޓަކާ އައިސްފައިވާ ސްރީލަންކާގެ 27 އަހަރުގެ ފިރެހެނެއް ކަމަށްވެސް، ފީވަކު ހެލްތް ސެންޓަރުން ވަނީ މަޢުލޫމާތު ދެއްވާފައެވެ.

މީނާއާއި އެކު 27 އަހަރުގެ ސްރީލަންކާގެ އިތުރު ބިދޭސީއަކުވެސް ކަރަންޓީނުގައި ހުރިކަމަށްވެއެވެ. އެހެންކަމުން މިއާއިއެކު، ބައްޔަށް ޕޮޒިޓިވްވި ފަރާތާއި އޭނާއާއިއެކު ކަރަންޓީނުގައި ހުރި ފަރާތުގެ ކަރަންޓީނުގެ މުއްދަތުވެސް 14 ދުވަހަށް މިހާރު ވަނީ އިތުރުކޮށްފައެވެ.

މިހާރު ފީވަކު ހެލްތް ސެންޓަރުން ދަނީ މި ކޭސްއާއި ގުޅިގެން ބަލަންޖެހޭ އިތުރުކަންކަން ބަލަމުންނެވެ. އަދި އެފަރާތާއި އެއްވެސްގޮތަކުން ކޮންޓެކްޓެއް ވެފައިހުރި ފަރާތެއް ވޭތޯ ނުވަތަ ނޫވޭތޯ ޔަޤީން ކުރަމުންނެވެ.

މިއީ މިހާތަނަށް ފީވަކުން މި ބައްޔަށް ޕޮސިޓިވްވި 3 ވަނަ މީހާއެވެ. ފީވަކުން އެންމެ ފުރަތަމަ މީހަކު ފައްސިވެފައިވަނީ ނިމިދިޔަ 2020 ވަނަ އަހަރު ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ.