ހއ. ހޯރަފުށީގެ ފުޓްސަލް ދަނޑުގައި އަޅާފައިވާ ޓާފް ހަލާކޮށްލައި ޓާފް ދަނޑަށް ގެއްލުންދީފައިވާކަމަށް ހޯރަފުށީ ކައުންސިލް އިދާރާއިން ބުނެފި އެވެ.

ހއ. ޙޯރަފުށީ ކައުންސިލުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ފުޓްސަލް ދަނޑުގެ ޓާފް ހަލާކޮށްލާ ގެއްލުން ދީފައިވާކަމަށެވެ. އެކަމާއި މެދު ވަރަށް ބޮޑަށް ކަންބޮޑުވެ ހިތާމަ ކުރާކަމަށް ހޯރަފުށީ ކައުންސިލުން ބުނެއެވެ.

Ad
rt

"ހޯރަފުށި ފުޓްސަލް ދަނޑުގެ ޓާފް ހަލާކު ކޮށްލުމަކީ ޒުވާނުންނަށް ދިން ބޮޑު ގެއްލުމެއް، އެކަހަލަ ވިޔާނުދާ ކަންކަމުން ދުރުވުމަށް އިލްތިމާސްކުރަން، އިންތިޚާބާއި ދިމާކޮށް މިކަހަލަ ކަންކަން ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން."

ހޯރަފުށީ ކައުންސިލް އިދާރާއިން ބުނެފައިވެއެވެ.

މިމައްސަލައާއި ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ އެރަށު ދަންޑުގެ ޓާފް ކަފާލައި ގެއްލުން ދީފައިވާ މައްސަލައެއް އިއްޔެ މެންދުރު 1230 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަަށެވެ. އަދި މި މައްސަލަ ފުލުހުން ދަނީ ތަހުޤީޤް ކުރަމުންކަމަށް ފުލުހުން ބުނެއެވެ.

Hoarafushi futsal dhanduge turf halaaku kohlumakee zuvaanun nah dhin bodu gehlumeh. Council in kanboduve hithaama kuraa...

Posted by Secretariat of the Hoarafushi Council on Tuesday, April 6, 2021

ހއ. ހޯރަފުށީގައި އަޅާފައިވާ ޓާފް ދަނޑަށް ގެއްލުންދިނީ ކޮންބަޔެއްކަމެއް ސާފުވާގޮތެއްނުވެއެވެ. ޓާފް ދަނޑަށް ބަޔަކު މީހުން ގެއްލުން ދިނުމުން ގިނަ ބަޔަކު އަންނަނީ އެކަން ކުށްވެރިކުރަމުންނެވެ. އެއީ ވަރަށް ނާތަހުޒީބު ދަށު ދަރަޖައިގެ ފިނޑި އަމަލެއް ކަމަށް ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ.

ހޯރަފުށީ ފުޓުސެލް ދަނޑު ރަސްމީކޮށް ހުޅުވާފައިވަނީ 2016 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ.