ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ޑީސީޕީ)ގެ މަޤާމަށް ދަފްތަރު ނަންބަރު ރސ 2549، ޢަލީ ރަޝީދު، އައްޔަން ކުރައްވައިފި އެވެ.
ކުރިން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް (އޭސީޕީ)ގެ މަޤާމުގައި ހުންނެވި ޢަލީ ރަޝީދު، ޑީސީޕީއަކަށް އައްޔަނު ކުރަށްވާފައި ވަނީ 25 މާރިޗު 2021 ވީ ބުރާސްފަތި ދުވަހުއެވެ.
އަލީ ރަޝީދު ވަނީ އޭސީޕީގެ މަގާމުގައި 11 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައެވެ.
ފުލުހުންގެ މުއައްސަސާއަށް 25 އަހަރު ހިދުމަތް ކުރައްވާފައި ވާ އަލީ ރަޝީދަކީ، މެލޭޝިޔާ އިން ޝަރީއާ އެންޑް ލޯ އިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވައިފައިވާ ބޭފުޅެކެވެ. އަދި އަލީ ރަޝީދަކީ އަތޮޅުތަކުގެ ޕޮލިސް ސްޓޭޝަންތައް ބެލެހެއްޓުމުގެ އެންމެ އިސްކޮށް ހުންނެވި ފަރާތްވެސް މެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!