ހއ. ތުރާކުނުގައި މިސްކިތެއް އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ޢިއުލާން ކޮށްފިއެވެ.
އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން މިއަދު މިނިސްޓްރީ އޮފް ފިނޭންސްއިން ކުރި ޢިއުލާނެއްގައި ވަނީ އެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އެކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާފަ އެވެ.
މި ބީލަމުގައި ބައިވެރިވުމަށް -/500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހެއެވެ. އަދި ފައިސާ ބަލައިގަތުމަށް ހަމަޖެހިފައި ވަނީ 29 މާރިޗު 2021 އިން 19 އެޕްރީލު 2021 އަށް، ފިނޭންސް މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ (https://bandeyripay.finance.gov.mv) މެދުވެރި ކޮށެވެ.
ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ ފިނޭންސް މިނިސްޓްރީގެ އީމެއިލް އެޑްރެހަށް ފޮނުއްވަން ޖެހެއެވެ.
އެ މަސައްކަތްތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި ފިނޭންސް މިނިސްޓްރީގެ ވެބްސައިޓްwww.finance.gov.mv އިން 30 މާރިޗު 2021 ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް އެ މިނިސްޓްރީއިން ބުނެއެވެ، އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެއް ކަމަށް ވެސް އެ މިނިސްޓްރީއިން ބުނެއެވެ.
މި މަޝްރޫޢުއާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 8 އެޕްރީލު 2021 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން، ފިނޭންސް މިނިސްޓްރީއަށް އީމެއިލް ކުރަންޖެއެވެ. އަދި މި ކަމަށް ހުށަހެޅޭ ބީލަން ހުޅުވުން އޮންނާނީ 22 އެޕްރީލު 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި އެ މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައި ކަމަށް ވެސް ފިނޭންސް މިނިސްޓްރީއިން ވިދާޅުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!