ވެމްކޯގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތަކުން ހިދުމަތްދޭ ވަގުތުތަކަށް ބަދަލު ގެނެސްފިއެވެ.

އެ ކުންފުނިން މިއަދު ކުރި އިއުލާނެއްގައި ބުނީ މިއަދުން ފެށިގެން މާލޭގައި ހުންނަ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތަކުން ހިދުމަތް ދޭނީ ހުކުރު ދުވަސް ފިޔަވައި އެހެންދުވަސްތަކުގެ ހެނދުނު 9:00ން ދަންވަރު 12:00އަށް ކަމަށެވެ. އަދި ހުކުރު ދުވަހު ހިދުމަތް ދޭނީ ހެނދުނު 9:00ން 11:00އަށް އަދި މެންދުރު 2:00ން ދަންވަރު12:00އަށް ކަމަށެވެ.

Ad
rt

ތިލަފުށީގެ ސްޓޭޝަނުން ހިދުމަތް ދޭނީ ހުކުރު ދުވަސް ނޫން އެހެން ދުވަސްތަކުގެ ހެނދުނު 9:00ން ހަވީރު 6:00އަށެވެ. އަދި ހުކުރު ދުވަހު ހިދުމަތް ދޭނީ ހެނދުނު9:00ން 11:00އަށް އަދި މެންދުރު 2:30ން ހަވީރު 6:00އަށެވެ.

ހުޅުމާލެ އާއި ވިލި މާލޭގައި މި ހިދުމަތް ދޭނީ ހުކުރު ދުވަސް ނޫން އެހެން ދުވަސްތަކުގެ ހެނދުނު 9:00ން ރޭގަނޑު 10:00އަށެވެ. އަދި ހުކުރު ދުވަހު ހިދުމަތް ދޭނީހެނދުނު 9:00ން 11:00އަށް އަދި މެންދުރު 2:00ން ރޭގަނޑު 10:00އަށެވެ.

އެހެންކަމުން މި ބަދަލާއެއްގޮތަށް ހިދުމަތް ހޯދާ މީހުން އަމަލު ކުރުމަށް ވެމްކޯއިން ވަނީ އެދިފައެވެ.

އެ ކުންފުނީގެ ކޯލް ސެންޓަރުގެ ހިދުމަތް ހެނދުނު 9:00ން ރޭގަނޑު 8:00އަށް ލިބޭނެއެވެ. މި ހިދުމަތް ހޯދުމަށް 1666އަށް ގުޅުމުން ހިދުމަތް ލިބޭނެއެވެ.