ހދ. ކުޅުދުއްފުށީ ސިޓީގައި ޕިކަޕަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވެ ފަރުވާދެމުން ދަނިކޮށް 17 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ އެވެ.

އައިސީޔޫގައި ފަރުވާދެމުން ދަނިކޮން މިއަދު ނިޔާވީ މިމަހުގެ 12 ވަނަ ދުވަހު ހެނދުނުގެ ވަގުތެއްގައި ކުޅުދުއްފުށި ނިކަގަސްމަގާއި އަމީނީމަގު ގުޅުނު ހަތަރު އަނގޮޅީގައި ސައިކަލަކާއި ޕިކަޕެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ސައިކަލު ދުއްވަން އިން ކުއްޖާ އެވެ. އަދި އެކްސިޑެންޓުގައި ސައިކަލުގެ ފަހަތުގައި އިން ކުއްޖަކަށް ވެސް އަނިޔާވި އެވެ.

Ad
rt

މި އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް އެ ކުއްޖާ ނިޔާވިކަން ކުޅުދުއްފުށި ކައުންސިލުންނާއި ފުލުހުން ވެސް ވަނީ ކަށަވަރު ކޮށްދީފަ އެވެ.

ފުލުހުން ބުނީ، މި އެކްސިޑެންޓުގައި ސައިކަލަށާއި ޕިކަޕަށް ގެއްލުން ވެފައިވާ ކަމަށެވެ. އަދި އެކްސިޑެންޓުގައި ހިމެނޭ ޕިކަޕު ދުއްވާފައިވަނީ އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސެންސް އޮންނަ މީހެއް ކަމަށް ވެސް ބުންޏެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުއްޖާ ނިޔާވީ މިއަދު ފަތިހު 4:50 ގައި އެވެ.

ކޭއާރުއެޗުން އޭނާގެ ދެ އޮޕަރޭޝަނެއް ކޮށްފައިވާއިރު ފުރަތަމަ އޮޕަރޭޝަނަށްފަހު އޭނާގެ ހާލު ރަނގަޅުވަމުން އައިސްފައިވެ އެވެ. އެހެންނަމަވެސް އިއްޔެ ހާލު ދެރަވަމުން އިތުރު އޮޕަރޭޝަނެއް ކުރި އެވެ.

May be an image of 1 person and text

ޒަޔާންގެ މައްޗަށް ކުރާކަށުނަމާދު އޮންނާނީ މިއަދު މެންދުރު ނަމާދަށްފަހު، އެރަށު މަސްޖިފު ޙަޟާރަތު ގަ އެވެ.

މައްޔިތާގެ ފާފަ ފުއްސަވައި ސުވަރުގެ މިންވަރު ކުރައްވާށި! ޢާއިލާއަށް ކެތްތެރިކަން ދެއްވާށި!
آمیـــــن