ހދ. ނޮޅިވަރަމް ޕޮލިސް ސްޓޭޝަންއިން އިންތިޒާމްކޮށްގެން، ހދ. ނޮޅިވަރަމް ސްކޫލްގެ ގްރޭޑް 9,8,7 އަދި 10 ގެ ދަރިވަރުންނާއި އެ ސުކޫލްގެ ބެލެނިވެރިންނަށް ހާއްސަކޮށް، ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
ނޮޅިވަރަމް ޕޮލިސް ސްޓޭޝަނާއި ހދ. ނޮޅިވަރަމް ސްކޫލާއި ގުޅިގެން " ރިވެތި ސިފަތައް " މި ނަމުގައި ކުރިއަށް ގެންދިޔަ މިހޭލުންތެރި ކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މި ހިނގާ މާރިޗް މަހުގެ 11 އިން 13 އަށެވެ.
ނޮޅިވަރަމް ސުކޫލުގައި ކުރިއަށް ގެންދެވުނު މި ޕްރޮގްރާމްގައި ޖުމުލަ 95 ދަރިވަރުންނާއި 144 ބެލެނިވެރިންވަނީ ބައިވެރިވެފައިވެއެވެ.

ފުލުހުން ވިދާޅުވީ، ދަރިވަރުންގެ ޕްރޮގްރާމްގައި ބޮޑަށް އަލިއަޅުވާލައިފައިވަނީ، ރިވެތި ސިފަތަކުން ޒީނަތްތެރިވުމުގެ މުހިއްމު ކަމާއި ބެހޭގޮތުން ކަމަށެވެ. އަދި ބެލެނިވެރިންގެ ޕްރޮގްރާމްގައި ބެލެނިވެރިކަން ކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންކަން ހިއްސާ ކުރެވިފައިވާކަމަށް އެ އިދާރާއިން ހާމަ ކުރަށްވައެވެ.

މީގެ އިތުރުން، ހދ. ނޮޅިވަރަމްގެ މުއައްސަސާތަކުގެ މުވައްޒަފުންގެ އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރުކުރުމަށް " ފަރިތަވެލުން " މި ނަމުގައި 12 މާރިޗް ވީ ހުކުރު ދުވަހުގެ 16:15 އިން 18:00 އަށް ޓީމް ބިލްޑިންގ ހަރަކާތްތަކެއް ވެސް ވަނީ، ކުރިއަށް ގެންގޮސްފައިވެއެވެ.
މި ޕްރޮގްރާމްގައި ނޮޅިވަރަމްގެ އެކި މުއައްސާތަކުން 82 މުވައްޒަފުން ބައިވެރިވެފައިވެއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ހދ. ނޮޅިވަރަމް ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ މުވައްޒަފުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!