ތަޢުޒިޔާ: ކުޅުދުއްފުށީ ކަނބުރު އަބްދުއްރަހްމާން ނިޔާވެއްޖެ

kanburu

ހދ. ކުޅުދުއްފުށި ސިޓީ އަބްދުއްރަހްމާން ޢަލީ، ދޯދި، (ކަނބުރު އަބްދުއްރަހްމާން)، ނިޔާވެއްޖެ އެވެ.

ކަނބުރު އަބްދުއްރަހްމާން ނިޔާވީ މިއަދުގެ ވަގުތެއްގަ އެވެ. އަބްދުއްރަހްމާންގެ މައްޗަށްކުރެވުނު ކަށުނަމާއު އޮތީ މިއަދު މައްރިބް ނަމާދުގެ ފަހުގައި މަސްހިދު ތަޢާވުން (އާސަހަރާ މިސްކިތް) މާލޭގަ އެވެ. އަބްދުއްރަހްމާން ނިޔާވި އިރު އުމުރަކީ 61 އަހަރެވެ.

އަޅުގަނޑުމެންނާއި މިއަދު ކުއްލިގޮތަކަށް ވަކިވެ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކޮށްފައިވާ އަބްދުއްރަޙުމާންބެއަކީ ކުޅުދުއްފުއްޓާއި ބޮޑުތިލަދުންމަތި ފަހުރުވެރިވާ ނުހަނު އަގުހުރި ދަރިއެކެވެ. އޮޑި ދޯނި ފަހަރުގައި އެންޖީނު އެޅުމާ އެފަދަ ބޮޑެތި މުހިންމު އެތައް މަސައްކަތެއް  ކުޅުދުއްފުއްޓަށް ތާރަފް ކޮށްދިން ޚިދުމަތްތެރި އެކެވެ.

އަޅުގަނޑުމެންނާއި މިއަދު ވަކިވެ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކޮށްފައިވާ އަލްމަރްޙޫމް ޢަބްދުއްރަޙްމާން ޢަލީ (ކަނބުރު އަބްދުއްރަހްމާން) އަކީ ކުޅުދުއްފުށީ ރައްޔިތުން ފަހުރުވެރިވާ, މިރަށް ދުއް އެންމެ ފުންނާބު އުސް އެއް އިންޖިނިއަރު. އަބްދުއްރަޙްމާނުބެގެ ޙިދުމަތް އުތުރުގެ ގިނަ އަތޮޅުތަކަކުން ގިނަ ބަޔަކުވަނީ ލިބިގެންފައި. އަޅުގަނޑުގެ ދުޢާއަކީ މަރްޙޫމްގެ ފުރާނައަށް ރަޙްމަތްލައްވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރެއްވުން އަދި އާއިލާއަށް ކެއްތެރިކަންދެއްވުން.

ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަތީފް މީސް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ.

އަބްދުއްރަޙްމާނުބެގެ ޙިދުމަތް އުތުރުގެ ވަރަށްގިނަ ރަށްތަކާއި އަތޮޅުތަކުން ގިނަ ބަޔަކުވަނީ ހޯދާއި ލިބިގެންފައެވެ.

އަޅުގަނޑުމންނާއި މިއަދު ވަކިވެ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކޮށްފައިވާ އަލްމަރްޙޫމް ޢަބްދުއްރަޙްމާން ޢަލީ (ކަނބުރު...

Posted by Yasir Abdul Latheef on Friday, March 12, 2021

އަލްމަރުހޫމް އަބްދުއްރަހްމާން ޢަލީގެ ފުރާނަފުޅަށް މަތިވެރިވެގެންވާ ޖަންނަތުލް ފިރުދައުސްގައި ލެއްވުން އެދި މާތް ﷲ ގެ ހަޟުރަތަށް ދުޢާ ދަންނަވަމެވެ. އެބޭފުޅާގެ ބޭފުޅުންނަށާއި ޢާއިލާގެ އެންމެހައި ބޭފުޅުންނަށް ތަޢުޒިޔާ ދަންނަވަމެވެ. އެންމެހައި ބޭފުޅުންނަށް ކެތްތެރިކަން މާތް ﷲ މިންވަރު ކުރައްވާށިއެވެ. އާމީން!

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *