އިސްލާމް ދީނާއި، ގާނޫނުގެ ތަރަހައިގެ ތެރެއިން، އިންސާފް ހޯދަން ކުރަންޖެހުނު ކޮންމެ ކަމެއް ކުރަން އިދިކޮޅު ކޯލިޝަން އޮތީ ސާބިތުކަންމަތީ ކަމަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގައި އެންމެ އިސްކޮށް މަސައްކަތްކަތް ކުރަށްވާ، އެއް މޫނު ކަމުގައިވާ މުޙައްމަދު މިހެން ވިދާޅުވީ ރޭ ފަތިހު ކުރެއްވި ޓްވީޓެއްގަ އެވެ.
އިދިކޮޅު ކޯލިޝަނުން މާލޭ ސިޓީގައި ސިލްސިލާ މުޒާހަރާތަކެއް ފަށައި، ސިޔާސީ ހަރަކާތްތައް ވަރުގަދަކޮށްފައިވާ މި ދަނޑިވަޅުގައި މުޙައްމަދު ވިދާޅުވީ، އިންސާފް ހޯދަން ކުރަންޖެހުނު ކޮންމެ ކަމެއް ގާނޫނުގެ ތަރަހައިގެ ތެރެއިން ކުރަށްވާނެ ކަމަށެވެ.
އެ މަސައްކަތް ކުރަށްވާނީ އިސްލާމީ އުސޫލުތަކަށް އިޚްތިރާމް ކުރުމާއެކު ކަމަށާއި، އެގޮތުގެމަތީން އެ މަސައްކަތް ކުރުންމަތީ ސާބިތުވެ، ދެމިތިބޭނެ ކަމަށް މުޙައްމަދު ވިދާޅުވެފަ ވެއެވެ.
މުޙައްމަދު މި މޭރުމުން ވިދާޅުވެފައިވާއިރު، އަންނަ ހުކުރު ދުވަހުވެސް މާލޭގައި މުޒާހަރާ އޮންނާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.
Inshaafu Hoadhumah kuran jehunu konme kameh gaanoonee tharahaa ge therein islaamee usool gehlu nudhaane gothakah kurun mathee saabithu kamaa eku dhemi thibaynan IA
— Mohamed Ismail (@Muhmed_Ismail) March 10, 2021
ރާއްޖޭގައި ކޯވީޑްގެ ހާލަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި، މުޒާހަރާތައް ކުރާނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކާއި، އެންގުންތަކާ އެއްގޮތްވާ ގޮތުގެ މަތީންކަމަށް ވެސް އިދިކޮޅު ހަރަކާތުން ދަނީ ބުނަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!