18 އަހަރު ނުފުރޭ ދެ ކުއްޖަކު ބަލިވެއިން ދެ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ވިދާޅުވީ، ސެންޓްރަލް ޕޮލިސް ޑިވިޝަން (ދ، ފ، އަދި މ އަތޮޅު) ހިމެނޭ ރަށެއްގައި 18 އަހަރު ނުފުރޭ ދެ ކުއްޖަކު ބަލިވެ އިން ދެ މައްސަލައެއް ހުށައަޅާފައިވާ ކަމަށެވެ.
މީގެ ތެރެއިން ފުރަތަމަ މައްސަލަ ހުށަހެޅިފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުއެވެ. މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ވަނީ ވިދާޅުވެފަ އެވެ.
އަނެއް މައްސަލަ ހުށައަޅާފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުގެ 19 ވަނަ ދުވަހުއެވެ. މި މައްސަލައާ ގުޅިގެން މިމަހުގެ 18 ވަނަ ދުވަހު، ކޯޓް އަމުރެއްގެ ދަށުން 22 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ވިދާޅުވީ، އެ ދެ މައްސަލަވެސް އިތުރަށް ބަލަމުންދާ ކަމަށެވެ.
ރާއްޖޭގައި ޖިންސީ ފުރައްސާރައާއި، ޖިންސީ ގޯނާގެ މައްސަލަތަކަކީ ފަހަކަށް އައިސް ވަރަށް ބޮޑުވެފައިވާ އެއް އިޖްތިމާއީ މައްސަލައެވެ. އެފަދަ ގިނަ މައްސަލަތަކެއް ފުލުހުންނާއި ޖެންޑަރ މިނިސްޓްރީއަށް ދަނީ ހުށަހެޅެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!