އއ. މާޅޮހުގައި އުމުރުން 12 އަހަރުގެ ކުއްޖަކު މޫދުގައި ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވީ، އެ ކުއްޖާ ފެނުނީ ގެއްލިގެން ހޯދަމުން ދަނިކޮށް މޫދުގައި ނިޔާވެފައި އޮއްވާ ކަމަށް ރިޕޯޓް ލިބިފައިވާ ކަމަށެވެ.

Ad
rt

އެކުއްޖާ ފެނިފައިވަނީ މިއަދު ހަވީރު 17:50 ހާއިރު ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.

ފުލުހުންވިދާޅުވި ގޮތުގައި އެއީ ހާއްސަ އެހީއަށް ބޭނުންވާ އަންހެން ކުއްޖެކެވެ.

މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.