ހދ. ނައިވާދޫ ސްކޫލުގެ ދަރިވަރުންނަށާއި މުދައްރިސުންނަށް އަދި އެސްކޫލުގެ ބެލެނިވެރިންނަށް އަމާޒުކޮށްގެން ''ސައިބަ ކްރައިމް އެވެއާނަސް'' ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންގޮސްދެއްވީ، ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ނެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 28 ން މި ހިނގާ މާރޗު މަހުގެ 1 ވަނަ ދުވަހަށް ނައިވާދޫ ސްކޫލްގަ އެވެ.

Ad
rt

މި ޕްރޮގްރާމުގައި، އެންޓި ސޯޝަލް ބިއޭވިއަރ އާ ބެހޭގޮތުންނާއި، އިންޓަނެޓް ރައްކާތެރިގޮތުގައި ބޭނުން ކުރާނެ ގޮތްތަކަށް ހޭލުންތެރިކޮށް، އިންޓަނެޓް މެދުވެރިކޮށް ހަނގާކުރުމާއި ސައިބަރ ބުލީންގގެ މައްސަލަތަކުން ރައްކާތެރިވެ ތިބުމަށް ކުރެވިދާނެ ކަންކަމާއި މަގުމަތީގައި އުޅޭ އިރު ދަރިވަރުން ސަމާލުކަންދޭންވީ ކަންތައްތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ވިދާޅުވިއެވެ.

މީގެއިތުރުން ސައިބަރ ކުރައިމް އަކީ ކޮބައިކަމާއި ސައިބަރ ބްލީންއާއި މީސްމީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެން ހިންގާ ބްލެކް މެއިލް މައްސަލަތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި ބެލެނިވެރިއެއްގެ އިރުޝާދާއި ނުލައި މީސްމީޑިއާ ބޭނުން ނުކުރުމަށާއި، ސައިބަރ ކުރައިމްގެ މައްސަލައެއް ދިމާވެއްޖެނަމަ ޢަމަލުކުރާނެ ގޮތްތަކާއި ގުޅޭގޮތުންވެސް ދަރިވަރުންނަށް މަޢުލޫމާތު ދީފައިވާނެ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއްވައެވެ.

ފުލުހުން ވިދާޅުވީ، މިސެޝަންތަކުގައި މުޖުތަމައުގައި ހިނގާ ކުށްތަކާބެހޭގޮތުންނާއި، ކުށްކުރުން ހުއްޓުވިދާނެ ގޮތާބެހޭގޮތުންނާއި، ކުޑަކުދިން ކުރާ ކުށްތަކުގައި ޖިނާއި މަސްއޫލިއްޔަތު އުފުލަންޖެހޭ ގޮތާއި، މަދަނީ މަސްއޫލިއްޔަތު އުފުލަން ޖެހޭގޮތާ ގުޅޭގޮތުންވެސް މައުލޫމާތު ދީފައިވާނެ ކަމަށެވެ.

ނައިވާދޫ ސްކޫލުން ވަނީ އެ ސްކޫލްގެ ދަރިވަރުންނަށާއި މުދައްރިސުންނަށް އަދި އެސްކޫލުގެ ބެލެނިވެރިންނަށް މި ޕްރޮގްރާމް ކުރިއަށް ގެންގޮސްދީފައިވާތީ، މޯލްޑިވްސް ޕޮލިސް ސާވިސްއަށް ޝުކުރު އަދާކޮށްފައެވެ.