ށ. ފޭދޫ ސްކޫލްގައި 8 ކްލާސްރޫމާއި، މަލްޓި ޕާޕަސް ހޯލެއް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން ޢިއުލާންކޮށްފި އެވެ.
މިކަމަށް ފުރުޞަތު ހުޅުވާލައި، މިނިސްޓްރީ އޮފް ފިނޭންސްއިން ކުރި ޢިއުލާނެއްގައި ބުނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެދިލެއްވުމުގެ މަތިން ށ. ފޭދޫ ސްކޫލްގައި 8 ކްލާސްރޫމާއި، މަލްޓި ޕާޕަސް ހޯލެއް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.
އެހެން ކަމުން މިމަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ފިނޭން މިނިސްޓްރީއިން ވަނީ ހުޅުވާލާފަ އެވެ.
މިމަސައްކަތަކާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި ފިނޭންސް މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން 4 މާރިޗު 2021 އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް އެ މިނިސްޓްރީއިން ބުނެއެވެ.
މީގެއިތުރުން މި މަޝްރޫޢުއާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 16 މާރިޗު 20121 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން، އެ މިނިސްޓްރީއަށް އީމެއިލް ކުރުމަށް އެ މިނިސްޓްރީއިން ވަނީ އެދިފައެވެ.
މި މަސައްކަތްތަކަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅާ ބީލަން ހުޅުވުން އޮންނާނީ 1 އޭޕްރިލް 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 އެ މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައި ކަމަށް ވެސް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ.
ފޭދޫ ސްކޫލްގައި 8 ކްލާސްރޫމާއި، މަލްޓި ޕާޕަސް ހޯލެއް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން ޢިއުލާންކުރިއިރު، ފިނޭންސް މިނިސްޓްރީން ދަނީ ސަރުކާރުގެ ގިނަ މަޝްރޫޢުތަކެއް ހިންގަން ހުޅުވާލަމުންނެވެ. އަދި އެ މަޝްރޫޢުއެއް ނިސްބަތްވާ މިނިސްޓްރީތަކުން ދަނީ ގިނަ މަސައކަތްތަކެއް ކޮންޓެކްޓަރުންނާ ހަވާލު ވެސް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!